ރާއްޖެއިން އިތުރު 122 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 84،484 އަށް އަރާފަ އެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 38 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 78 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ދެ މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 4،119 ސާމްޕަލް އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،564 މީހުންނެވެ. މިހާތަނަށް 82،676 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 16 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
އަދާ ހަމައަށް 231 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވީ އިއްޔެ އެވެ. އިއްޔެ މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެއީ ށ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.
މިއީ މި މަހުގެ ފަސްވަނަ މަރެވެ. އަދި ރާއްޖޭގެ 231 ވަނަ ކޮވިޑް މަރެވެ. ކޮވިޑްގައި އިއްޔެވެސް މީހަކު މަރުވިއެވެ. އެއީ އުމުރުން 46 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
މި މަހުގެ 17 ވަނަ ދުވަހު މަރުވީ 87 އަހަރުގެ ދިވެއްސެކެވެ. އެއީ ފިރިހެނެކެވެ. ގދ. ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި 89 އަހަރުގެ ދިވެހި ފިރިހެނަކުވެސް މި މަހުގެ 16 ވަނަ ދުވަހު މަރުވެފައެވެ. 23 ވަނަ ދުވަހު ދެ މީހަކު މަރުވިއެވެ. އެއީ އުމުރުން 92 އަހަރުގެ ދިވެހި އަންހެނަކާއި އުމުރުން 92 އަހަރުގެ ދިވެހި އަންހެނެކެވެ.
އޮގަސްޓް 22 ގައި މަަރުވީ އުމުރުން 75 އަހަރުގެ އަންހެނެކެވެ. މީގެ އިތުރުން ދިވެހިންގެ ބޮޑު އާބާދީއެއް އޮތް އަވައްޓެރި ސްރީލަންކާގައިވެސް ކޮވިޑް ޖެހިގެން ދިވެއްސަކު މި މަހު މަރުވިއެވެ.