ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

ރައިވެރިބޭ މައިޒާން ހުޅުވައިފި

Nov 29, 2015
1
ރައިވެރިބޭ މައިޒާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި މެޑަމް ފާތުމަތު އިބްރާހިމް މިއަދު ހަވީރު ބައިވެރިވެ ވަޑައިގަންނަވަނީ --
0%
0%
0%

މާލޭގެ ހުޅަނގު ދެކުނު ފަރާތުން ޕާކެއް ގޮތުގައި ހެދި "ރައިވެރިބޭގެ މައިޒާން" މިއަދު ހަވީރު ހުޅުވައިފި އެވެ. މި މައިޒާން ހުޅުވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ހާޒިރުގައި ކުޑަކުދިންތަކެއްގެ ކޭކެއް ފަޅައި ދިނުމުންނެވެ.

މިއީ މިދިއަ ސެޕްޓެމްބަރު 28 ވަނަ ދުވަހު "ފިނިފެންމާ" ލޯންޗުކޮޅުގައި ރައީސް އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތެރޭގައި ލިބި ވަޑައިގެންނެވި ގެއްލުންތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު ރައީސްގެ އަނބިކަނަބަލުން މިފަދަ ހަފުލާއެއްގައި ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކުޑަކުދިން ކުޅޭ ތަންތަނާއި ދެ ފަންއަރުވާ ވަޑާން ވެސް ހަދާފައިވާ ހިތް ފަސޭހަ މި މައިޒާން ހަދާފައި ވަނީ ހައުސިން މިނިސްޓްރީއާ މަސީ ގުޅިގެންނެވެ.

މައިޒާ ހެދި ސަރަހައްދުގެ އެހާރާއި މިހާރު ދައްކުވައިދޭ ފޮޓޯ ފޮތް ރައީސް ޔާމީން ދައްކަވާލައްވަނީ --

މައިޒާ ހުޅުވި އެ ހަފުލާގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ސަރުކާރުގެ އިޖުތިމާއީ ދުޅަހެޔޮކަން ހޯދައި ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން ހެދި މައިޒާނެއް ކަމަށާއި ކުރިން ވަރަށް ބޮޑަށް ހަލާކުވެފައިވާ ސަރަހައްދުގައި އެ މައިޒާން ތަރައްގީކޮށް ހުޅުވުމުން ވަރަށް ގިނަ އާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެ ކަމަށެެވެ. އެ މައިޒާނށް ރައިވެރިބޭ މައިޒާން ގޮތުގައި ނަން ދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވެސް ވިދާޅުވި އެވެ.

މައިޒާން ހުޅުވި ރަސްމިއްޔާތުގައި އެ ސަރަައްދުގެ އެހާރާއި މިިހާރުގެ ފޮޓޯތަކެއް ހިމެނޭ ފޮތެއް ރައީސް ޔާމީނަށް ވެދުން ކުރި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910