ރައީސް އަބްދުﷲ ޔާމީން

ނޮވެމްބަރު 11 ގައި ރައީސް ޔާމީނަށް ކާފަ ދަރިކަނބަލެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ފުރަތަމަ ކާފަ ދަރިކަނބަލުން ލިބިވަޑައިގެންފި އެވެ.

އެމަނިކުފާނަށް މީގެ ކުރިން ކާފަ ދަރިކަލަކު ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ މާޗް 2، 2018 ގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަ އެވެ. މިފަހަރު ރައީސް ޔާމީނަށް ފުރަތަމަ ކާފަ ދަރިކަނބަލުން ލިބިވަޑައިގެންނެވީ ވަރަށް ހާއްސަ ދުވަހެއް ގައެވެ. އެއީ މިދިޔަ ޖުމްހޫރީ ދުވަހު އެވެ. ނޮވެންބަރު 11، 2019 އިގަ އެވެ.

ރައީސް ޔާމީންގެ ހަމައެކަނި އަންހެން ދަރިކަނބަލުން ޣާދާ އަބްދުﷲ ޔާމީނަށް ދެވަނަ ބޭފުޅަކު ލިބިވަޑައިގެންފައިވާއިރު އެކަމަނާއާ އާއިލާ މިވަގުތު ތިއްބެވީ ތައިލެންޑްގައެވެ.

ރައީސް ޔާމީން މި ވަގުތު މާލޭގައި ހުންނެވި ނަމަވެސް އަނބިކަނބަލުން ފާތިމަތު އިބްރާހިމް ތައިލެންޑަށް ވަޑައިގެންފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ޔާމީނަށް ކާފަ ވިދާޅުވާ ދެ ބޭފުޅުބް ލިބިވަޑައިގެންނެވިއިރު އެމަނިކުފާނުގެ ތިއްބަވަނީ ދަރިކަނބަލަކާއި ދެ ދަރިކަލުންނެވެ. ދޮށީ ދަރިކަލުން ވަނީ މިދިޔަ އަހަރު ކައިވެންޏެއް ބައްލަވައިގެންފަ އެވެ. ހަނގު ދަރިކަލުން ގެންދަވަނީ ތައުލީމް ހާސިލު ކުރައްވަމުންނެވެ.