ޣައްޒާ ހަނގުރާމަ ހުއްޓާލަށް އިޒުރޭލު ތައްޔާޜަށް އޮތް ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ. ހަނގުރާމަ ހުއްޓާލަން އޮތް ޝަރުތަކީ، ހަމާސްގެ ހަނގުރާމަވެރިން އަދި އެ ޖަމާތަތަށް ތާއީދުކުރާ ހުރިހާ މީހުން ޣައްޒާއިން ފޭބުމެވެ.
ހަމާސްގެ ހަނގުރާމަވެރިން ޣައްޒާއިން ފޭބުމަކީ ޣައްއަށް އޮތް އެންމެ ރަނގަޅު ގޮތަށް ވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އަދި ހަމާސްއަށް ފަހު ޣައްޒާ އޮންނާނީ ރައްކާތެރި ތަނެއް ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާއިން ހަމާސްގެ ހަނގުރާމަވެރިން ފައިބަން އެއްވާސްވާ ނަމަ، ސުލްހައިގެ މަޝްވަރާތަކަށް އެއްބާލުން ދޭނެ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
ހަނގުރާމަ ހުއްޓާލުމަށް އިޒުރޭލާއި ހަމާސްއިން ކުރިން ކުރި މަޝްވަރާތައް މިހާރު އޮތީ ހުއްޓާލާފަ އެވެ. އެއީ އަޖުމަބެލުމަށް ހެދި އެއްބަސްވުމަށް ފަހު ހަމަލާތައް ހުއްޓާލާފައި އޮތުމަށް ފަހު އެވެ.
އިޒުރޭލުން ޣައްޒާއަށް އަލުން ހަމާދޭން ފެށީ، ސުލްހައިގެ އެއްބަސްވުމާ އެއްގޮތަށް ހަމާސްއިން އަމަނުކުކުރާ ކަމަށް ބުނެ އެވެ. އެއްަބަސްވުމާ އެއްގޮތަށް އަސީރުން ދޫކޮށްލުމުމުގަ ހަމާސް ތެދުވެރި ނޫން ކަމަށް ޔަހޫދީން ތުހުމަތުކުރެ އެވެ.
ހަމާސްއިން އިޒުރޭލަށް ހަމަމާނުދޭނެ ކަމުގެ ޔަގީންކަމާ އެކު، އަދި ހަމާސްގެ ހަނގުރާމަވެރިން ހަތިޔާރު ދޫކޮށްލައި ސުލްހަށް އެދިއްޖެ ނަމަ، އިޒުރޭލު އޮތީ ދާއިމީ ސުލްހައަކަށް މަޝްވަރާކުރާ ގޮތަށް ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.