ހަބަރު

ފަސްޓް ލޭޑީގެ މަންމާފުޅުގެ ހަނދާނުގައި މިސްކިތެއް ހުޅުވައިފި

މެޑަމް ފާތުން މިއަދު މިސްކިތަށް ނަމާދު އައި މީހުންނާ ސަލާމް ކުރައްވަނީ - ފޮޮޓޯ: ރިޗީ
33.3%
0%
66.7%

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މަންމާފުޅުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް ހުޅުވައިފި އެވެ.

އުމުރުފުޅުން 80 އަހަރުގައި މެޑަމް ފާތުންގެ މަންމާފުޅު އައިޝަތު މޫސާ އަވަހާރަވީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ހުޅުމާލެ ރެހެންދި ސްކޫލް ކައިރީގައި އައިޝަތު މޫސާގެ ހަނދާނުގައި ހަދާފައިވާ މިސްކިތް މިއަދު އަސްރު ނަމާދުގެ ވަގުތުގައި ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. މިސްކިތުގެ ނަމަކީ "މަސްޖިދުލް ވާލިދައިން" އެވެ.

ފާތުންގެ މަންމާފުޅުގެ ހަނދާނުގައި ހުޅުވި މިސްކިތުގައި ރައީސް ނަމާދު ކުރައްވަނީ - ފޮޓޯ: ރިޗީ

މިސްކިތް ހުޅުވުމަށްފަހު ރައީސް ވަނީ އެ މިސްކިތުގައި އަސްރު ނަމާދު ކުރައްވާފަ އެވެ. ނަމާދުގައި މެޑަމް ފާތުން ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް ޔާމީން މިއަދު މިސްކިތަށް ނަމާދު އައި މީހުންނާ ސަލާމް ކުރައްވަނީ - ފޮޮޓޯ: ރިޗީ

ސަރުކާރުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއިރު ނަމާދަށްފަހު މިސްކިތުގައި ތިބި މީހުންނާ ރައީސް އަދި މެޑަމް ވަނީ ސަލާމް ކުރައްވާފަ އެވެ. މިސްކިތު ސަރަހައްދުގައިި ހައްޖު ދުވަހު ރޯދަ ހިފި މީހުންނަށް ހާއްސަ ރޯދަ ވީއްލުމެއް ވެސް ބޭއްވި އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސުލްތާން

ތިކަމުން މެޑަމް ގެ މަންމަ އަށްވާނީ ގެއްލުންތޯ ނޫނީ ފައިދާތޯ ﷲ ދެނެވޮޑިގެންވާނީ

އަޙްމަދު ޝަމްސު

މީ މަމިބުނާ ވާހަކަ. ރައީސް ޔާމީނު ގެ ދެމަފިރިން އިސްލާމް ދީނަށް ދޭ ނަސްރު އަދި ދީނުގެ ޝިޢާރު ނެގެހެއްޓުމަށް ދެއްވާ އިސްކަން މީ ރައްޔިތުންގެ ލޯބި އިންތިހާއަށް ލިބެމުންދާ ކަމެއް. މަގޭ ވޯޓު ޔާމީނަށް

ތަކުރު

އޯކޭނޫ މިސްކިތްވެސްއެހުޅުވީ އެއީވެސް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބޭނެ އަޅުކަމެއް ނަސްރީނާ ލައިލާ މިކަހަލަކަމަކާއި އުޅުނުތަ އުޅުއްވީ މުޅިންވެސް ދުނިޔަވީ އުފަލާއި އަރާމްހޯދަން.

ފައިސާ ހޯދީ ކިހިނެއް؟

ތިކަމަށް ޚަރަދު ކުރަން ފައިސާ ހޯއްދެވީ ކިހިނެތް؟ މިހިން މި އަހާލެވުނީ ރައީސުލް ޖުމްހޫރިއްޔާ އާއި އަނބިކަބަލުން މަޤާމުގައި ތިއްބަވައިގެން ކުރައްވާ ހޭދަ ރައްޔިތުންނަށް ހާމަކުރައްވަން ޖެހޭނެތީއެވެ.

ސުލޭ

ކޮންތާކުން ކިހިނެތް ހޯދި ލާރި އެއް.؟ ކުރިން ކީއްވެ މިސްކިތުގެ ވާހަކަ އާންމު ނުކުރީ.؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345