ކަނޑުމަތީގެ ހާދިސާ

ފަރަށް އެރި ދޯންޏެއްގައި ތިބި މީހުން ސަލާމަތްކޮށްފި

Nov 29, 2015

ގއ. ވިލިނގިލިން ފުރައިގެން އެ އަތޮޅު ގެމެނަފުށްޓަށް ދަތުރުކުރަމުންދިޔަ، ގެމަނަ ފުށީ ދޯންނެއް ވިލިނގިލީ ފަރުމައްޗަށް އެރުމާ ގުޅިގެން ދޯންޏާ ދޯނިން ދަތުރު ކުރި މީހުން ސަލާމަތްކޮށް އެހީވެދީފި އެވެ. މި ހާދިސާގައި ދޯނީގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ މެންދުރު ފަހު 3:40 އެހާކަންހާއިރު އެ މައުލޫމާތު ލިބުމުން ދިޔައިރު "މަސްވާލި" ދޯނި ވިލިނގިލީ ފަރަށް އަރާފައިވަނީ ވިލިނގިލީ ނެރުން ނުކުތް ވަގުތު ކަމަށާއި އޭރު ދޯނީގައި ނުވަ ފިރިހެނުންނާ ހަތްއަންހެނުންނާ ފަސް ކުޑަ ކުދިން ތިބި ކަމަށެވެ.

ދީނީގައި ތިބި އަންހެނުންނާ ކުޑަކުދިން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ވިލިނިގިއްޔަށް ގެންގޮސްފައެވެ. އަދި މި ހާދިސާ ފުލުހުން ގެންދަނީ ބަލަމުންނެވެ.