ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްރީލަންކާ

ލަންކާއަށްދާ ވެކްސިން ފުރިހަމަ މީހުންނަށް ލުއިތަކެއް

Sep 28, 2021

ލަންކާއަށް ދަތުރުކުރާ މީހުންގެ ތެރެއިން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއިތަކެއް ދިނުމަށް އެ ގައުމުން ނިންމައިފި އެވެ. އެކަން ހެލްތް މިނިސްޓްރީން ވަނީ އިއުލާނު ކޮށްފައެވެ.

ލަންކާގެ ހެލްތް މިނިސްޓްރީން ބުނީ މިރޭ ބާރައިގެ ފަހުން އަމަލު ކުރަން ނިންމާފައިވާ އައު އުސޫލާއެކު ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ލަންކާއަށް އެތެރެވުމުގެ 72 ގަޑިއިރު ކުރީން ހަދާފައިވާ ޕީސީއާރު ޓެސްޓެއްގެ ނެގެޓިވް ނަތީޖާ އޮތްނަމަ އިތުރު ޕީސީއާރު ޓެސްޓެއް ނުކުރާނެ ކަމަށެވެ.

ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް މި ލުއި ނުލިބޭނެ އެވެ. އެ މީހުންނަށް އޮތީ 14 ދުވަހުގެ ކަރަންޓީނެކެވެ. އެ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނީ ކަރަންޓީނަށް ހާއްސަ ހޮޓަލެއްގައެވެ. ކަރަންޓީން މުއްދަތުގައި ޖުމްލަ ތިން ޓެސްޓެއް ހަދަން ޖެހޭނެ އެވެ.

ލަންކާގައި ކޮވިޑްގެ ހާލަަތު ވަަރަށް ބޮޑަށް ގޯސްވީ ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުން އެ ގައުމަށް ޑެލްޓާ ވޭރިއަންޓް ގަދަވެ ގަތުމުންނެވެ. ކޮވިޑްގެ އެހެން ވޭރިއަންޓްތައް ވެސް އުޅެ އެވެ. ލަންކާގައި ކޮވިޑް ޖެހިގެން މިހާތަނަށް 12،731 މީހުން މަރުވެފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ. އަދި 515،000 މީހުންނަށް ވަނީ ބަލިޖެހިފައެވެ.

ލަންކާއަކީ ދިވެހިންގެ އާބާދީ ބޮޑު ގައުމެކެވެ. ރިޕޯޓްތަކުން އެނގެން ހުރި މައުލޫމާތަށް ބަލާއިރު ލަންކާގައި 16،000 ދިވެހިން ދިރިއުޅެ އެވެ. އަނެއްކޮޅުން ލަންކާގައި ކޮވިޑްގައި ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ.