އެއްވެސް ކޯޓެއް ރިސެސް އަށް ނުދިޔުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
އެ ކޯޓްގެ އަމުރެއްގައި ބުނެފައި ބަނީ ސުޕްރީމް ކޯޓުގެ ރިސެސް ވެސް މަހުގެ އެހެން ތާރީހެއްގައި ފަށާ ގޮތަށް ފަސް ކުރުމަށާއި ރިސެސް ފަށާ ތާރީހެއް ފަހުން އިއުލާންކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ.
އެ އަމުރުގައި ބުނަނީ ރާއްޖެ އިގްތިސާދީ އާ ކުރިއެރުންތަކަކަށް އަމާޒު ހިފާފައިވާ މިފަދަ ދަނޑިވަޅެއްގައި މިހާތަނަށް އާންމުކޮށް ހިނގަމުން އައި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން މި ވަގުތު ކޯޓުތައް ރިސެސް އަށް ދިޔުމަކީ ގައުމީ މަސްލަހަތު ތަންދޭ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ދުސްތޫރީ މަސްއޫލިއްޔަތު ކުރިއެކޭ އެއްގޮތަށް އަދާކުރުން މަތީ ދެމިތިބުމަށް އަންގާ ކަމަށެވެ.