ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓީން ރަޝިއާގެ ރިސޯޓް ރަށެއް ކަމަށްވާ ސޯޗީގައި ބައްދަލު ކުރައްވައިފި އެވެ. ދެ ރައީސުންގެ ބައްދަލު ކުރެއްވުމުގައި ދުނިޔޭގައި މިވަގުތު ހިނގާހާ ކަމަކަށް އަލިއަޅުއްވާ ލައްވާނެ ކަމަށް ބެލެވެ އެވެ.
އުރުދުޣާންއާ ޕޫޓިންގެ ބައްދަލު ކުރެއްވުމުގައި ސީރިއާގައި ދިގު ދެމިގެން ގޮސްފައިވާ ދާޚިލީ ހަނގުރާމައަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެ އެވެ. އުރުދުޣާން ވިދާޅުވި ގޮތުގައި ސިރިއާގައި ސުލްހަ ގާއިމުވުން އޮތީ ރަޝިއާއާ ތުރުކީގެ ބަދަހި ކަމުގެ މައްޗަށެވެ.
ސޯޗީގައި ޕޫޓިންއާއެކު މަޝްވަރާ ކުރައްވައި އުރުދުޣާން ވިދާޅުވީ ސީރިއާގައި މިއަދު އޮތް ހާލަތު ބަދަލު ކުރުމުގައި މޮސްކޯގެ ދައުރު ބޮޑު ކަމަށެވެ. އަދި ރަޝިއާއާ ތުރުކީ ގުޅިގެން ނޫން ގޮތަކަށް ސީރިއާ ހާލަތަށް ބަދަލު ނުގެނެވޭނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވި ގޮތުން ޕޫޓިންއާ ބައްދަލު ކުރެއްވުމަށް އޭނާ ލޯބި ކުރައްވަ އެވެ. ޕޫޓިަންއަކީ ތަފާތު ސަޚުސިއްޔަތެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕޫޓިންއާ ގިނަގިނައިން ބައްދަލު ކުރެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވަ އެވެ.
ޕޫޓިން ވިދާޅުވީ އުރުދުޣާންއާ ބައްދަލު ކުރައްވާއިރު ވަރަށް ހުޝިޔާރުވެ ވަޑައިގެން ހުންނަވާ ކަމަށާއި މަޝްވަރާތައް އެއްއިރެއްގައި ވެސް ފަސޭހަ ނޫން ކަމަށެވެ.
ޕޫޓިން ވިދާޅުވި ގޮތުން އުރުދުޣާންއަކީ ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއައްސަަވާ ބޭފުޅއް ކަމަށާއި ރަޝިއާއަށާއި ތުރުކީއަށް މި އެެކުވެރިކަމުގައި ތިބެވެނީ ދެ ގައުމުން ވެސް ބަސްގަބޫލު ކުރާތީ ކަމަށެވެ.
ދެ ރައީސުންގެ ވާހަކަތަކުގައި އަޒަރުބައިޖާނަށް ވެސް ވަނީ ބައްލަވާލައްވާފަ އެވެ. އަދި ދެގައުމުގައި ހުރި ކުރެވެމުންދާ އިންވެސްޓްމަންޓްތަކަށް ވެސް ބައްލަވާލެއްވި އެވެ.
ޕޫޓިން ވިދާޅުވީ ތުރުކީ ރަޝިއާގައި 1.5 ބިލިއަން އިންވެސްޓްކޮށްފައި ހުރިއިރު ރަޝިއާއިން ތުރުކީގައި 6.5 ބިލިއަން އިންވެސްޓްކޮށްފައި ހުންނާނެ ކަމަށެވެ.