ދުނިޔެ

ތުރުކީ ބްރިކްސްގައި ބައިވެރިވުމަކުން ނޭޓޯ މެމްބަރުކަމަށް ބަދަލެއް ނާންނާނެ: ނޭޓޯ ސެކްރެޓަރީ ޖެނެރަލް

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރަޝިއާގެ ކަޒާންގައި -- ބްރިކްސްއަށް މަރުހަބާ ދަންނަވައި އަސްކަރީ ސެލިއުޓެއް އަރުވަނީ
100%
0%
0%

އަރައިގެން އަންނަ އިގުތިސާދީ ޖަމާއަތެއް ކަމަށްވާ ބްރިކްސްގައި ތުރުކީ ބައިވެރިވުމާއި، އެ ޖަމާއަތުގެ ނިންމުތަކަށް އަމަލުކުރުމަކީ އަންކާރާގެ އިޚުތިޔާރުގައި އޮތް ކަމެއް ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުއްޓޭ ވިދާޅުވެއްޖެ އެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ބްރިކްސް ޖަމާއަތުން ތުރުކީއަށް އިޚުތިޔާރުތަކެއް ލިބުމަކީ ނޭޓޯއިން ތުރުކީއަށް ދީފައި އޮތް މެމްބަރުކަމަށް ކުޑަވެސް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށެވެ.

ތުރުކީގެ އިޚުތިޔާރަށް ނޭޓޯއިން އިހުތިރާމްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބްރެޒިލް އާއި ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ އިސްވެ އުފައްދާފައި އޮތް ބްރިކްސް އިގުތިސާދީ ޖަމާއަތުގައި ބައިވެރިވުމަށް ތުރުކީން ޝައުގުވެރިވާ ކަމަށް އަންކާރާއިން ވަނީ ބުނެފަ އެވެ. ބްރިކްސްއާ އެކު ކުރިއަށް ދެވެން ހުރި ރޮންގުތައް ބަލައި ދިރާސާކުރުމަށް، ރައީސް، ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރުން ވެސް ވަނީ ނިންމާފަ އެވެ. އަދި އެ ޖަމާއަތުގައި ބައިވެރިވުމަށް ރަސްމީ ލިޔުންތައް ވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ.

ބްރިކްސް އަކީ ރަޝިއާ އިސްވެ ގޮތްފޮތް ކިޔައި ހިންގުމުގެ ބާރުތައް ކޮންޓްރޯލް ކުރާ ޖަމާއަތަށް ވާއިރު، ނޭޓޯ ގައުމެއްގެ ގޮތުގައި ތުރުކީ އޮވެ -- ބްރިކްސް ޖަމާއަތުގައި ބައިވެރިވުމަކީ ނޭޓޯއަށް އެއްވެސް މައްސަލައަކަށް ވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް މާކް ރުއްޓޭ ވިދާޅުވީ، އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

ތުރުކީ އަކީ ނޭޓޯއަށް ވަރަށް މުހިންމު ގައުމެއް ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. އަދި އަސްކަރީ ގޮތުން ނޭޓޯގައި އޮތް އެންމެ ފުރިހަމަ ގައުމަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ. ނޭޓޯ ގައުމުތަކުގެ މެދުގައި ހަމަ ހިފެހެއްޓުމަށް ތުރުކީއަށް ވުރެ ވަކިން ހަރަކާތްތެރި ގައުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާކް ރުއްޓޭ ވިދާޅުވި ގޮތުގައި ނޭޓޯ އަކީ 32 ގައުމެކެވެ. ޚިޔާލު ފުށުއެރުމާއި -- އެ ގޮތްތޯ ރަނގަޅީ ނުވަތަ މި ގޮތްތޯ ރަނގަޅީ ބެލުން ގައުމުތަކުގައި މެދުގައި އޮންނާނެ ކަމަށެވެ. ގައުމުތަކުގެ ހަރަކާތްތަކާ މެދު ސުވާލުކުރުމާއި އަދި ޒުވާބުކުރުން ވެސް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުރުކީގެ ރައީސް މި ވަގުތު ހުންނެވީ ރަޝިއާގެ ކަޒާންގަ އެވެ. އެއީ ބްރިކްސްގެ 16 ވަނަ އަހަރީ ސަމިޓްގައި ބައިވެެރިވެ ވަޑައިގަތުމަށެވެ. މި ސަމިޓުގެ ތެރެއިން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންނާ އުރުދުޣާން ބައްދަލުކައްވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345