ދުނިޔެ

ރަޝިއާ އާއި ޔުކްރޭން ހަނގުރާމަކޮށްގެން ނުވާނެ: އުރުދުޣާން

އުރުދުޣާން(ކ) އަދި ޕޫޓިން - އުރުދުޣާން ޕޫޓިންއަށް ސިއްރެއް ދަންނަވަނީ
0%
0%
0%

ރަޝިއާ އާއި ޔުކްރޭން އަކީ ހަނގުރާމަ ކުރަންޖެހޭ ވަރުގެ ދެ ގައުމު ނޫން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން ވިދާޅުވީ ރަޝިއާ އާއި ޔުކްރޭނާ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ހައްލުކުރަން ތުރުކީ ތައްޔާރު ކަމަށާއި ދެ ގައުމުގެ ވެރިންނާ ވަކިވަކިން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އުރުދުޣާން ވިދާޅުވި ގޮތުން ރަޝިއާ އާއި ޔުކްރޭން ހަނގުރާމަކުރުން ތުރުކީ ބަލައެއް ނުގަންނާނެ އެވެ.

ޔުކްރޭނަށް ވަރަށް އަވަހަށް ދަތުރެއް ކުރައްވާނެ ކަމަށް އުރުދުޣާން އޮތީ ކުރިން ވެސް ވިދާޅުވެފަ އެވެ. އަދި ރަޝިއާ އަށް ވަޑައިގެން ޕޫޓިންއަށް ވަރަށް ރަނގަޅަށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތުރުކީ އަކީ ރަޝިއާ އާއި ޔުކްރޭނާ ވަރަށް ގާތް ގައުމެކެވެ. އަދި ވަކިން ޚާއްސަކޮށް އުރުދުޣާން އަކީ ދެ ގައުމުގެ ރައީސުންނާ ވެސް ވަރަށް ގާތް ބޭފުޅެކެވެ.

ރަޝިއާ އާއި ޔުކްރޭން މައްސަލާގައި ޕޫޓިން ކުށްވެރި ކުރައްވަނީ ނޭޓޯ އާއި އެމެރިކާ އެވެ. އޭނާ ވިދާޅުވި ގޮތުން ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތް ނަމަ ރަޝިއާ ސިފައިން ޔުކްރޭން ބޯޑަރުގައި ނުތިބޭނެ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުން މަޝްރަހުގައި އޮތީ އަރައިގެން އުޅޭ އޮޅުމެކެވެ. ދުނިޔޭގެ މަސްލަހަތު ނިއުޅެމުން ދާގޮތް ދެ ގައުމަށް ވެސް ރަނގަޅަށް އެނގެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާ އާއި ޔުކްރޭން ހަނގުރާމައެއް ފަށައިފި ނަމަ މުޅި ސަރަހައްދުގެ އިތުރުން ދުނިޔެ ވެސް ހަލާކުވެދާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345