މާލެ/ހުޅުލެ ގުޅުވައިދޭ ބްރިޖްގެ މަސައްކަތާ ހަވާލުވި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުނީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމް ރޭ ރާއްޖެއައިސްފައިވާއިރު ބްރިޖް އަމަލީ މަސައްކަތް ފަށާނީ އަންނަ މަހުގެ 15 ނުވަތަ 20 ގަ އެވެ.
ސީސީސީސީގެ ދެވަނަ ޓީމް ކުރިއަށް އޮތް ހަފްތާ ތެރޭ ރާއްޖެއަށް އަންނާނެ އެވެ. އެޓީމްގައި ކުންފުނީގެ އެންމެ ސީނިއާ ބޭފުޅުން ވަޑައިގަންނަވަ އެވެ. އެ ޓީމް މާދަމާ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ފަށައި މާލެއަށް ތަކެތި ގެނެއުމަށްޓަކައި، އިދާރީ ކަންކަން ފަށާނެ އެވެ.
މާލެ އައިސްފައި ސީސީސީސީ އިން ބްރިޖް ޕްރޮޖެކްޓަށް ހާއްސަކޮށްފައިވާ ޕްރޮޖެކްޓް މެނޭޖަރާއި، އޭނާއާއެކު އޭނާގެ އަރިހުގައި މަސައްކަތް ކުރައްވާ ހާއްސަ ޕްރޮޖެކްޓް މެނޭޖްމެންޓް ޓީމެވެ. އޭނާ އާއި ޓީމް ރޭ ރާއްޖެއައުމަށްފަހު ބްރިޖްގެ އަމަލީ މަސައްކަތްތައް ފަށަން ވާއިރަށް ހައުސިން މިނިސްޓްރީން ވެފައިވާ ތައްޔާރީތައް ވަނީ އޮޅުން ފިލުވާފަ އެވެ.
ބްރިޖްގެ ކީ ޕޮއިންޓްތައް
* ދިގުމިނުގައި 1.39 ކިލޯމީޓަރު
* ދެ ކޮޅުގައި ހަދާ މަގުތަކާ އެކު މުޅި ބްރިޖުގެ ދިގުމިން ގާތްގަނޑަކަށް 2 ކިލޯމީޓަރަށް އަރާ
* ފުޅާމިނުގައި 20.3 މީޓަރު
* ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ 2 ލޭން އޮންނާނެ
* ސައިކަލް ދުއްވަން ދެ ލޭން އޮންނާނެ
* ބައިސްކަލަށް ހާއްސަ ލޭނެއް ވެސް ހަދާނެ
* ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް
* ބްރިޖްގެ ކޮންޓްރެކްޓަރުގެ އަގަކީ 200 މިލިއަން ޑޮލަރު
* ބްރިޖްގެ މަސައްކަތް ހަވާލު ކުރީ ޗައިނާގެ ސީސީސީސީ
* މަސައްކަތް ނިމަން ޖެހެނީ 30 މަސް ދުވަހުން
* ބްރިޖް ބޭނުން ކުރަން ފަށާނީ ޖޫން 2018 ގައި
ހައުސިން މިނިސްޓްރީން ބުނީ ބޮޑު ޕްރޮޖެކްޓްގައި އިދާރީގޮތުން ހަމަޖައްސަންޖެހޭ ހުރިހާކަމެއް މިހަފްތާގެ ނިޔަލަށް ހަމަޖައްސާނެ ކަމަށާއި އަންނަ މަހުގެ 15 ނުވަތަ 20 ވަނަ ދުވަހު ބްރިޖް އަމަލީ މަސައްކަތުގެ ރަސްމިއްޔާތު މާލޭގައި ބާއްވާނެ ކަމަށެވެ. ޕްރޮޖެކްޓްގެ ފައިނޭންޝިއަލް އެގްރީމެންޓްގައި ސޮއިކުރުމާއި، އަދި އަމަލީގޮތުން މަސައްކަތް ފެށުންވެސް އޮންނާނީ އެ ރަސްމިއްޔާތުގައެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖްގެ މަސައްކަތަށް މާލެ އާއި ހުޅުލެ އާއި ހުޅުމާލެއިން ބޭނުންވާނެ ސައިޓް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.