މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ރޭ އައި ބިންހެލުމުގެ ނުރައްކާ ރާއްޖެއަކަށް ނެތް

Oct 3, 2021

ރާއްޖެއާ 1200 އެއްހާ ކިލޯމީޓަރު ދުރުން އިންޑިއާގެ ދެކުނު ކަނޑަށް ރޭ އައި ބިންހެލުމުގެ ނުރައްކާ ރާއްޖެއަކަށް ނެތެވެ.

އެ ބިންހެލުމާއި ގުޅޭ ގޮތުން މެޓް އޮފީހުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބިން ހެލުން އައީ ރޭ ދަންވަރު 1:43 ހާއިރު ކަމަށެވެ. އަދި ވިދާޅުވީ 5.5 މެގްނެޓިއުޑްގައި އައި އެ ބިން ހެލުމުގެ ބާރު ވެސް ކުޑަ ކަމަށާއި ދެކުނު އިންޑިއާ ކަނޑުގެ ސަރަހައްދަށް އައި އެ ބިން ހެލުމުގެ އަސަރެއް ރާއްޖެއަށް ނެތް ކަމަށެވެ.

ރޭ ބިންހެލުން އައީ އައްޑޫ ސިޓީ އާއި 1275 ކިލޯމީޓަރު ދުރުން، 10 ކިލޯމީޓަރު އަޑިއަށެވެ.