މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ އިންތިހާބުގައި ބޭނުންކުރާނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް

އެމްއެންޕީގެ އިންތިހާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން-- އަވަސް ފޮޓޯ/ ހުމާމް
0%
50%
50%

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިންޓެރިމް އެގްޒެކިއުޓިވް ކައުންސިލްގެ މަގާމުތަށް އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ބޭނުންކުރާނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާ އަންނަ ހުކުރު ދުވަަހު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބާއްވަން މިހާރު ވަނީ ތާވަލުކޮށްފަ އެވެ. އަދި ހަމަ އެދުވަހު އެ ޕާޓީގެ އިންޓެރިމް ކައުންސިލްގެ މަގާމުތަަކަށް ބޭފުޅުން އިންތިހާބުކުރުމަށް ވޯޓު ލާނެ އެވެ.

އެމްއެންޕީން ބުނީ އިންތިހާބުގެ ވޯޓުލުމުގެ މަރުހަލާގައި ބޭނުންކުރާނީ ކިއޮސްކް އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެއް ކަމަށެވެ.

އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު ހަމަވެފައިވާ އިރު ޖުމަލް 54 ބޭފުޅަކު އެކި މަގާމުތަކަށް ކުރިމަތިލައްވައިފައި ވެއެވެ.

އޭގެ ތެރެއިން އެމްއެންޕީގެ ރައީސްކަމަށް ކުރިމަތިލެއްވީ އެ ޕާޓީ އުފެއްދުމަށްޓަކައި އިސްވެ އުޅުއްވި ދަނގަތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެކަންޏެވެ. އެހެންވެ ނާޒިމް ވަނީ އޮޓަމެޓިކުން ރައީސްކަމަށް ހޮވިވަޑައިގެންފަ އެވެ.

ރައީސްގެ އިތުރުން ރާއްޖޭގެ ފަސް ސަރަަހައްދެއް ތަމްސީލް ކުރާ ގޮތަށް ފަސް ނައިބު ރައީސުން އަދި އަންހެން މެމްބަރުންނަށް ހާއްސަ ނާއިބު ރައީސްއެއް ހޮވާނެ އެވެ.

އޭގެ ތެރެއިން ހަތަރު ދާއިރާތަކަށް އެންމެ ބޭފުޅަކު ކުރިމަތިލައްވާފައި ވާތީ ނާއިބު ރައީސުންގެ ގޮތުގައި ހަތަރު ބޭފުޅުން މިހާރުވެސް ވަނީ ހޮވިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހިމެނިލައްވަ އެވެ.

އިންތިހާބު ކުރާ އިތުރު މަގާމުތައް

  • އަންހެނުންގެ ވިންގް ލީޑަރު
  • ޒުވާނުންގެ ވިންގް ލީޑަރު
  • ކައުންސިލް މެމްބަރުންގެ ގޮތުގައި 21 މެމްބަރުން
2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުބީނު މާރނީ

ހޫނ. ޤާސިމް އަތުން ކައްވާލި ލާރި ގަނޑު އޮންނާނެ އެއްނު. ދުންޔާ ގެ ވެސް ލަދު ކޮބާ؟

ދިގުހެދުން

އެމްއެންޕީޕީއިން އެލެޓުރިކިއުޝަނެއް ދެއްތޯ ބާއްވަނީ.؟ މީހަކާއި ފަޅިއެއް ލައިގެން ސިޔާސީ ޕާޓީ ހިންގޭނެތޯ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910