ކަނޑުމަތީގެ ހާދިސާ

ދޯންޏަކުން ކަނޑުވި މީހުން ސަލާމަތް ކޮށްފި

Oct 5, 2021

އަޑިއަށް ދިޔަ ދޯޏްޏަކުން ކަނޑުވި އެންމެން ހޯދައި ސަލާމަތް ކޮށްފި އެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅެވެ.

ސިފައިންގެ ކޯސްޓްގާޑުން މިއަދު ބުނީ ފަސް މީހުނާއެކު އަޑިއަށް ދިޔައީ ރާއްޖޭގެ "ވައިވިލާ" ދޯނި ކަމަށާއި އެއިން ދަތުރުކުރި ފަސް ދިވެހިން ހެޔޮ ހާލުގައި މިއަދު 8:30 ހާއިރު ކަނޑުން ފެނި ކޯސްޓްގާޑު އުޅަނދަށް ނަގާ ކާށިދޫއަށް ގެންދާ ކަމަށެވެ.

ވައިވިލާ އަޑިއަށް ދިޔައީ ކާށިދޫން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށެވެ. އެ ދޯންޏަކީ 60 ފޫޓުގެ ސަޕްލައި ދޯންޏެކެވެ. ދޯނި އަޑިއަށްދިޔަ ސަރަހައްދުގައި ކޯސްޓްގާޑު އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖެއަށް އަދިވެސް އޮތީ މޫސުން ގޯސްކޮށެވެ.