ފައިސަލް ނަސީމް

ފަރުވާއަށް ނާއިބު ރައީސް ފައިސަލް އެޑްމިޓްކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ދެންމެ ވިދާޅުވީ ހާލުކޮޅު ދެރަވެ ނާއިބު ރައީސް ފައިސަލް ނަސީމް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށެވެ. މަބުރޫކް ވިދާޅުވި ގޮތުގައި ފައިސަލްގެ ހާލުކޮޅު "ސްޓޭބަލް" އެވެ.

ގަދަ ހުމުގެ އާލާސްކަން ފުޅެެއްގައި ފެބްރުއަރީ 23 ގައިވެސް ފައިސަލް ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދީފައެވެ.