ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހޮސްޕިޓަލުން ދޫކޮށްލައްވައިފި އެވެ.
ހުމުގެ އާލާސްކާންފުޅު ގަދަވެ ހާލުކޮޅު ދެރަވެގެން ނައިބު ރައީސް ފައިސަލް، ސަރުކާރުގެ މައި ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގައި އެޑްމިޓްކޮށް ފަރުވާ ދެއްވަން ފެއްޓެވީ މިދިޔަ އަންގާރަ ދުވަހު އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މިއަދު ވިދާޅުވީ ނައިބު ރައީސް ފައިސަލް މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށާއި އެ މަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.
ނާއިބު ރައީސް ހާލުކޮޅު ދެރަވެގެން އެ މަނިކުފާނު ކޮވިޑް ބަލީގެ ޓެސްޓް ހެއްދެވި އިރު އެ ބައްޔަށް އެ މަނިކުފާނު ނެގެޓިވް އެވެ.