އެމްއެމްޕީއާރްސީ

ރާއްޖޭގެ އިޝްތިހާރު ކެމްޕޭނެއް ފަށައިފި

Oct 6, 2021

ފްރާންސް މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރު ކުރަން އެމްއެމްޕީއާރުސީން ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕޭން ކުރިއަށް ގެންދަނީ ބައިނަލްއަގްވާމީ ޓެކް ކުންފުންޏެއް ކަމަށްވާ "އިންވައިބްސް" އާއި ގުޅިގެންނެވެ. މި މަހު ފަށާއި އިޝްތިހާރު ކުރާ މި ކެމްޕޭން ކުރިއަށް ގެންދާނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ. މި ކެމްޕޭން ކުރާނީ ޑިޖިޓަލް ކޮށެވެ.

އެމްއެމްޕީއާރުސީއިން ލަފާ ކުރާ ގޮތުގައި މި ކެމްޕޭނުގައި 300،000 އާއި 1.5 މިލިއަނާ ދެމެދު އަދަދެއްގެ މީހުނަށް ރާއްޖެ އިޝްތިހާރު ވާނެ އެވެ.