އިސްލާމިކް މިނިސްޓްރީ

ދީނީ ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެއް ބާއްވަނީ

އިސްލާމް ދީނާ ގުޅޭ ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މުބާރާތް އިންތިޒާމް ކުރާ އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފަސޭހަ އަދި ޝައުގުވެރި ވަސީލަތްތަކެއް ބޭނުން ކޮށްގެން ރައްޔިތުންނަށް ދީނީ އަދި އިޖުތިމާއީ މެސެޖުތަކާއި ނަސޭހަތްތައް ފޯރުކޮށްދީ ހޭލުންތެރި ކުރުވަން ބާއްވާ މުބާރާތެއް ކަމަށެވެ.

މި މުބާރާތަށް ހަތަރު ކެޓެގަރީއަކުން ވީޑިއޯ ކްލިޕް ހުށަހެޅެ އެވެ. އޭގެ ތެރޭގައި ކީރިތި ރަސޫލާ މީސްތަކުންނާ މުއާމަލާތް ކުރެއްވި ގޮތާއި އާއިލީ ގުޅުންތައް ހިމެނެ އެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 10 ފަރާތެއް ހޮވައި ފައިސާގެ އިނާމް ދޭނެ އެވެ. އެއްވަނަ އަށް އަންނަ ފަރާތަކަށް 5000 ރުފިޔާ އަދި ދެވަނަ އަށް އަންނަ ފަރާތަކަށް 4000 ރުފިޔާ ދޭނެ އެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުން ނަމަ ވީޑިއޯ ކްލިޕްތައް ހިމެނޭ ސީޑީއާއިއެކު ބައިވެރިވާން އެދޭ ފޯމް މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00 އިގެ ކުރިން ހުށަހެޅޭނެ އެވެ.