ހުޅުމާލެ

ހިޔާ ފްލެޓްތަކުގައި ފުރަތަމަ ފަހަރަށް ފިހާރައެއް ހުޅުވައިފި

Oct 7, 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފުރަތަމަ ފަހަރަށް ފިހާރައެއް ހުޅުވައިފި އެވެ.

ހިޔާ ފްލެޓްތަކުގެ ތެރެއިން 12 ވަނަ ޓަވަރުގެ ތިރީގައި ފިހާރަ ހުޅުވާފައިވަނީ "އެޗްސީޔޫ މާޓު"ގެ ނަމުގަ އެވެ.

މި ފިހާރައިން ދުވަހުން ދުވަހަށް ބޭނުންވާ ޒަރޫރީ މުދާ ލިބެން ހުރެ އެވެ. އަދި 150 ރުފިޔާ އިން މަތީގެ ވިޔަފާރިއެއް ކޮށްފިނަމަ ހިޔާގެ ކޮންމެ ފްލެޓަކަށް ވެސް ޑެލިވަރީ ކޮށްދެ އެވެ.

އެޗްސީޔޫ އަކީ ރާއްޖޭގެ ރިސޯޓުތަކަށް މުދާ ސަޕްލައިކޮށް ރިސޯޓުތަކުގައި ފިހަރާ ވެސް ހިންގާ ކުންފުންޏެކެވެ.

ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯތައް ހާއްސަކޮށްފައިވަނީ އަސާސީ ހިދުމަތްތައް ދޭ ތަންތަނަށް ކުއްޔަށް ދިނުމަށެވެ. އެގޮތުން ފާމަސީ، ސެލޫން، ފިހާރަ ފަދަ ތަންތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފަ އެވެ. އެކަމަކު އޭގެ އެއްވެސް ހިދުމަތެއް އަދި ފެށިފައެއް ނުވެ އެވެ.