މަރު

"ހަސަންފުޅު ގަރާޖު"ގެ ވެރިޔާ މަރުވެއްޖެ

Oct 9, 2021
3

މަޝްހޫރު "ހަސަންފުޅު ގަރާޖު" ގެ ވެރިޔާ ހަސަން ގާސިމް (ހަސަންފުޅު) މަރުވެއްޖެ އެވެ.

"ވޮންޑަ ވޯކްޝޮޕް" ގެ ނަމުގައި ހިންގަމުން އައި މަޝްހޫރު ގަރާޖުގެ ވެރިޔާ އަދި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހަސަންފުޅު މަރުވީ އޭނާގެ އުމުރުން 76 އަހަރުގައި ރޭގެ ވަގުތެއްގަ އެވެ.

ވެހިކަލް މަރާމާތުކޮށް ދިނުނުމުގައި މުޅި ރާއްޖެއަށް މަޝްހޫރު، އަދި އާންމު ހިދުމަތެއްގެ ގޮތުގައި ވަރަށް ގިނަ ހިދުމަތް ހިލޭ ކޮށްދިން އެހީތެރިޔާ ހަސަންފުޅަކީ އޭނާގެ ގޭގައި ވޮންޑަވޯކްޝޮޕް 47 އަހަރު ހިންގާފައިވާ ހިދުމަތްތެރި އެކެވެ. ވަރަށް ގިނަ ބަޔަކަށް ހިދުމަތް ދިން އެހީތެރިއެކެވެ.

އަމިއްލަ ގަރާޖުގައި ވަރަށް ފަހަކާ ޖެހެން ދެންވެސް މަސައްކަތުގައި އިސް ރޯލެއް އަދާކުރި ހަސަންފުޅު މަރުވި އިރު، އޭނާގެ ތިން ދަރިން އެބަ ތިއްބެވެ.

ހަސަންފުޅުގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.