އޮބިޗުއަރީ

ރާއްޖޭގެ އެންމެ ދުވަސްވީ މީހާ ނިޔާވެއްޖެ

އަލީ ހުސައިން މެދުގައި ހުދު ގަމީހުގައި
0%
0%
0%

ރާއްޖޭގައި މިވަގުތު ހުރި އެންމެ ދުވަސްވީ ކަމަށް ބެލެވޭ މީހާ 110 އަހަރުގައި ނިޔާވެއްޖެ އެވެ.

އައްޑޫ ހިތަދު އަށް ނިސްބަތްވާ އަލީ ހުސައިން ނިޔާވީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.

ނިޔާވި އިރުވެސް އަލީ ހުސައިން އުޅުނީ ބަލިކޮށް ކަމަށްވީ ނަމަވެސް އޭނާގެ އުމުރަށް ބަލާއިރު އޭނާ އުޅުނީ އެހާ ބަލިކޮށް ނޫން ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ކެއުމާއި ހިނގުމުގައި ދަތިތަކެއް ފަހުން ކުރިމަތިވި ނަމަވެސް ހިނގާ އުޅުނީ އަމިއްލައަށް ކަމަށް އެނގިފައިވެ އެވެ.

އޭނާ އުފަން ވެފައި ވަނީ 1913 ވަނަ އަހަރުގެ މެއި މަހު އެވެ. އޭނާ ނިޔާވިއިރު 59 ކާފަދަރިންނާއި 80 މުނިކާފަ ކުދިން ވެސް ތިއްބެވެ.

އަލީ ހުސައިން ނިޔާވިއިރު ދުނިޔޭގައި އޭނާގެ އަންބަކާއި އަށް ކުދިން ތިއްބެވެ. ނަމަވެސް އަންހެނުން ބަލިހާލުގައި އޮންނަތާ 30 އަކަށް އަހަރު ވެއްޖެ އެވެ.

އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު އައްޑޫގައި ހުންނަ މަސްޖިދުއްތަގުވާ (ހުސައިން މޫސާ މިސްކިތް) ގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910