އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ އައްޑޫ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގެންނެވެ.
އެ ގޮތުން މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލު ބާރު ސްޕީޑުގައި މަރަދޫ އިން ހިތަދޫއަށް ދުއްވާފައި ގޮސް ބްރިޖު ބެންޑް ހިސާބުން ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ބްރިޖުގެ ފެންސުގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެނގިފައިވާ ގޮތުން މި އެކްސިޑެންޓްގައި މަރުވީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ.
މި ބްރިޖު އާންމުންނަށް ހުޅުވާލީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.