އައްޑޫ ސިޓީ

ގަހެއް ކަނޑަނިކޮށް އަނިޔާވި މީހާ މަރުވެއްޖެ

May 3, 2023

ގަހެއް ކަނޑަށް އުޅުމުގެ ތެރޭގައި ގޮފިގަނޑަކުން ބޮލުގައި ޖެހުމުގެ ސަބަބުން އަނިޔާވި މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

އުމުރުން 61 އަހަރުގެ ދިވެހި ފިރިހެން މީހާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި ހާދިސާ ހިނގީ ދެކުނުގެ ރިސޯޓެއްގައި ގަހެއް ކެނޑުމުގެ މަސައްކަތް ކުރަނިކޮށް ވިއްސައިގެން ދިޔަ ގޮފިގަނޑެއް އެމީހާގެ ބޮލުގައި ޖެހިގެންނެވެ.

މި ހާދިސާ ހިނގީ ކޮން ރިސޯޓެއްގައި ކަމެއް އަދި ނޭނގެ އެވެ.