ޑރ. އަބްދުﷲ ޚަލީލް

އޭއީއެޗް ފުރިހަމަ ޓާޝަރީ ހޮސްޕިޓަލަކަށް ތަރައްގީކުރާނަން: ހަލީލް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

މި ސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ފުރިހަމަ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ތަރައްގީކުރާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ އޭއީއެޗް ތަރައްގީކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިސަރުކާރުގެ ތެރޭގައި އަޅުގަނޑުމެން އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހަދާނަން،" ހަލީލް ވިދާޅުވި އެވެ.

މީގެ އިތުރުން އޭއީއެޗްގެ އިމާރާތް ރި-ޑިޒައިން ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގޮތުން އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހަލީލް ވިދާޅުވި އެވެ.

އޭއީއެޗްގެ އިމާރާތް ރި-ޑިޒައިންކޮށް އިމާރާތްކުރަން ބޭނުންވާ ފައިސާ ހަމަޖެހި އަންނަ އަހަރުގެ ކުރީ ކޮޅު އެ މަސައްކަތް ފެށިގެންދާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345