ރައްޔިތުންގެ މަޖިލިސް

ހެޑްކުއާޓާއި މިޝަންތަކުގައި 132 ސިޔާސީ މުވައްޒަފުން

ފޮރިން މިނިސްޓްރީ -- ފޮޓޯ: އަވަސް
0%
0%
0%

މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހެޑް ކުއާޓާޒް އަދި މިޝަންތަކުގައި ތިބީ ޖުމްލަ 132 ސިޔާސީ މުވައްޒަފުން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ.

ޖެނުއަރީ 2025 ގެ ނިޔަލަށް ފޮރިން ސާވިސް އަދި ސިޔާސީ މުވައްޒަފުން

  • ހެޑްކުއާޓާޒްގައި ތިބި ފޮރިން ސާވިސް މުވައްޒަފުންގެ އަދަދު - 93
  • މިޝަންތަކުގައި ތިބި ފޮރިން ސާވިސް މުވައްޒަފުންގެ އަދަދު - 46
  • ޖުމްލަ - 139
  • ހެޑްކުއާޓާޒްގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު - 28
  • މިޝަންތަކުގައި ތިބި މުވައްޒަފުންގެ އަދަދު - 104
  • ޖުމްލަ - 132

މިނިސްޓަރު ހަލީލް ވަނީ އޮކްޓޫބަރު 2023 ގައި ހެޑްކުއާޓާޒް އަދި މިޝަންތަކުގައި ތިބި ފޮރިން ސާވިސްގެ މުވައްޒަފުންގެ އަދަދާއި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރައްވާފަ އެވެ.

އޮކްޓޫބަރު 2023 ގެ ނިޔަލަށް ފޮރިން ސާވިސް އަދި ސިޔާސީ މުވައްޒަފުން

  • ހެޑްކުއާޓާޒްގައި ތިބި ފޮރިން ސާވިސް މުވައްޒަފުންގެ އަދަދު - 98
  • މިޝަންތަކުގައި ތިބި ފޮރިން ސާވިސް މުވައްޒަފުންގެ އަދަދު - 39
  • ޖުމްލަ - 137
  • ހެޑްކުއާޓާޒްގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު - 18
  • މިޝަންތަކުގައި ތިބި މުވައްޒަފުންގެ އަދަދު - 98
  • ޖުމްލަ - 116

ފޮރިން ސާވިސް ގާނޫނުގައިވާ ގޮތުން ސިޔާސީ މުވައްޒަފުން އައްޔަންކުރަން ވާނީ ފޮރިން ސާވިސްގެ މުވައްޒަފުންގެ ޖުމްލަ އަދަދުގެ 20 ޕަސެންޓަށްވުރެ ގިނަ ނުވާނެ ގޮތެއްގެ މަތިންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345