އައްޑޫ ސިޓީ

ސައިކަލެއް ކޮންޓްރޯލް ނުވެ ވެލިފުންޏަކަށް އަރައި މީހަކަށް އަނިޔާވެއްޖެ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް -- ފޮޓޯ: އޭއީއެޗް
0%
0%
0%

އައްޑޫ ސިޓީ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ވެލި ފުންޏަކަށް އަރައި މީހަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގީ ރޭ 11:49 ހާއިރު އެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ އެ މީހާއަށް ފަރުވާ ދިނުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވުމަށް ހޮސްޕިޓަލުން މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް މަގު ކޮނެފައިވާ ސަރަހައްދުގަ އެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345