އައްޑޫ އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ލިންކު ރޯޑްގައި އެކްސިޑެންޓެއް ހިނގައިފި އެވެ.
މިރޭ އިރުއޮއްސުނު ފަހުން ހިނގި އެ އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ ސައިކަލަކާއި ބައިސްކަލެއްގެ އިތުރުން ކާރެއް ޖެހިގެނެވެ. ޕޮލިސް ޓްރެއިން ސުކޫލާ ދިމާ ކުރިމަތީ ހިންގި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލް ދުއްވަން އިން މީހާއާ ބައިސްކަލް ދުއްވަން އިން މީހާއަށެވެ. އެ ދެ މީހުންނަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ގަމުން ހިތަދޫ ކޮޅަށް ދުއްވާފައި ދިޔަ ސައިކަލް އަކާއި ބައިސްކަލެއް ޖެހުނު ވަގުތު ގަމުން ހިތަދޫއަށް ދުއްވާފައިދިޔަ ކާރެއް ޖެހިގެން ކަމަށެވެ.