ރައީސް އޮފީސް

1600 ޓިކެޓް ނެގި ވާހަކައަކީ ދޮގެއް: ރައީސް އޮފީސް

Oct 9, 2021
4

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ސްރީލަންކާ މާދަމާ ކުޅޭ މެޗަށް ވިއްކަން ނިންމި ޓިކެޓްތަކެއް ރައީސް އޮފީހުން އެދިގެން އެ އޮފީހަށް ހާއްސަ ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ އެ އޮފީހުން 1600 ޓިކެޓް ނެގި ކަމަަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ.

ސަޕޯޓަރުންނަަށް ވިއްކަން ނިންމި 5،000 ޓިކެޓްގެ ތެރެއިން 1600 ޓިކެޓް ރައީސް އޮފީހުގެ ބޭނުމަށް ހާއްސަ ކޮށްފައިވާ ކަމަށާ ޓިކެޓް ވިކި އެހާ އަވަހަށް ހުސްވީ އެހެންވެ ކަމަަށް ބުނެ ބަޔަކު ދަނީ ވާހަކަ ފަތުރަމުންނެވެ.

އެ ވާހަކަތަކަށް ފުރުސަތު ލިބުނީ ޓިކެޓް ވިއްކުމުގައި އެފްއޭއެމުން މިއަދު އަމަލު ކުރި ގޮތުންނެވެ. ކުޅިވަރުގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުން ވިއްކަން ޖެހޭ އަދަދަށް ޓިކެޓް ނުވިއްކާ ޓިކެޓްތައް ވިކި ހުސްވީ ކަމަށް އެފްއޭއެމުން އިއުލާނު ކުރީ ދޮގު މައުލޫމާތަކުންނެވެ. އަދި ބްލެކް މާކެޓަށް ޓިކެޓް ނެރުމަށް އެ އިދާރާގެ ބައިވެރިވުން އޮތް ކަމަށްވެސް ތުހުމަތު ކުރެއެވެ.

އެފްއޭއެމުން ދެންމެ ވަނީ މާދަމާގެ މެޗަށް އިތުރު 1،000 ޓިކެޓް ވިއްކަން ނިންމާ އެކަން އިއުލާނު ކޮށްފައެވެ.