ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް، ނ އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ނ އަތޮޅުގެ ހަ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު މިރޭ ވިދާޅުވީ ނ އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ސޯލިހް މާދަމާ ފުރާ ވަޑައިގަންނަވާނެ ކަމަށެވެ. ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވަނީ ނ. މާފަރާއި ލަންދޫ އާއި މަނަދޫ އާއި މާއުނގޫދޫ އާއި ހޮޅުދޫ އެވެ.

ރައީސްގެ ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލާ ބައްދަލު ކުރައްވާނެ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއިވެސް ބައްދަލު ކުރައްވާނެ އެވެ.

މިއީ ރައްޔިތުންގެ ހާލު ބެއްލެވުމުގެ ގޮތުން ރައީސް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.