އީޕީއޭ

ރަސްފަރި ފަރަށް ލިބުނު ގެއްލުމުގެ ހިސާބު ހަދައިފި

ކާގޯ ބޯޓު "ނާވިއޮސް އާމަލިސް" ރަސްފަރި ފަރަށް އުރުމުން ލިބުނު ގެއްލުންތައް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލައި ހިސާބު ކޮށްފި އެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ގާތްގަނޑަކަށް 600 ފޫޓުގެ ދިގު އަދި 32،000 މެޓްރިކް ޓަނަށްވުރެ ބޮޑު ކާގޯ ބޯޓު އުރުނީ މިދިޔަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު އެެވެ. އެ ބޯޓު ފަހުން ފުންކުރި ނަމަވެސް ފަރަަށް ލިބުނު ގެއްލުންތަކަށް ބަދަލު ދޭން 100 މިލިއަން ރުފިޔަގެ ޑިޕޮސިޓެއް ނުދެނީސް އެ ބޯޓު ފުރުމުގެ ހުއްދަ ނުދޭން އީޕީއޭއިން އޮތީ ނިންމައިފަ އެވެ.

އީޕީއޭގެ ޑިރެކްޓަރާ ޖެނެރަލް އިބްރާހިމް ނައީމް އަވަސްއަށް މިއަދު ވިދާޅުވީ ފަރަށް އެރުމުން ލިބުނު ގެއްލުުންތަކުގެ ހިސާބު މިހާރު ހަދާ ނިމިފައިވާ ކަަމަށާއި އެކަން ބޯޓުގެ ވެރިފަރާތަށް އަންގައި ޖަވާބު ދާރީ ވުމުގެ ފުރުސަތުވެސް ދީފައިވާ ކަމަށެވެ.

ނަމަވެސް ފަރަށް ލިބުނު ގެއްލުމުގެ ހިސާބު އަދަދު ނައީމް ވިދާޅެއް ނުވެއެވެ. އޭގެ އަދަދު ފަހުން މީޑިއާތަކާ ހާމަކުރާނެ ކަމަށެވެ.

ފަރަށް ލިބުނު ގެއްލުންތަކާ ގުޅޭ ސާވާއެއް ބޯޓުގެ ވެރި ފަރާތުންވެސް ވަނީ ކޮށްފަ އެވެ.

ނައީމު ވިދާޅުވީ ލިބުނު ގެއްލުނުތަަކުގެ ޖޫރިމަނާ އަދަދު ކަނޑައަޅާނީ ބޯޓުގެ ވެރިފަރާތުން ޖަވާބު ދާރީ ވުމުން އެކަމާ މެދު އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ.

ތިމާވެށީގެ ގާނޫނު ބުނާ ގޮތުން ފަރަށް ލިބޭ ގެއްލުންތަކަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނީ 100 މިލިއަން ރުފިޔާއިން އެވެ