މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

މެރިޓައިމް ދާއިރާއިން އެހީތެރިކަން ހޯދަން އެއްބަސްވުމަކަށް

މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިނގިރޭސިވިލާތާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
0%
0%
0%

މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިނގިރޭސިވިލާތާ އެކު އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފި އެެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓްގެ އަންޑާ ސެކްރެޓަރީ އޮފް ސްޓޭޓް އޭވިއޭޝަން އެންޑް މެރިޓައިމް ސެކިއުރިޓީ ބެރޮނެސް ވެރޭ އެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބައިނަލްއަގްވާމީ މިންގަޑުތަކަށް ހަރުދަނާކޮށް އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑް -- އައިއެސްޕީއެސްގެ ކޯޑަށް ކަންކަން ހަމަޖެއްސުމަށް އެހީތެރިކަން ލިބޭނެ އެވެ.

މީގެއިތުރުން ބަނދަރުތަކުގައި ހަރަކާތްތެރިވާ މީހުންގެ ގާބިލްކަން އިތުރުކޮށް މެރިޓައިމް ސްޓްރެޓެޖީތަކާއި، ޤަވާއިދުތާކާއި، ޕްރޮޓޮކޯލްތައް ހެދުމަށް އިނގިރޭސި ސަރުކާރުގެ އެހީތެރިކަން ލިބޭނެ އެެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910