ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިފި

ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުން، އެތަނުން ދެމުން ދިޔަ ހިދުމަތްތަކާއި އެތަނުގެ ތަކެއްޗާއި މުދަލާއި ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ޓްރާންސްޕޯޓް މިނިސްޓްރީއަށް ވަނީ މިލްކުވެފަ އެވެ. އަދި އެ އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން ވެސް މަސައްކަތް ކުރާނީ ޓްރާންސްޕޯޓް މިނިސްޓްރީގަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނިންމި ނިންމުމަށް މަޖިލީހުގެ ފްލޯއިން ތާއީދުކޮށް އެ އޮތޯރިޓީ އުވާލަން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދެވެ. އެ ބިލު ހުށަހަޅާފައި ވަނީ އެ އޮތޯރިޓީގެ އެންމެހާ މަސައްކަތްތައް ޓްރާންސްޕޯޓް އޮތޯރިޓީގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމައިފައިވާތީ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ބޭނުންވީ އޮތޯރިޓީ އާއި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާސްޕޯޓް މިނިސްޓްރީ އުވާލާފައިވަނިކޮށް އެ މިނިސްޓްރީން އުފެއްދީ މި ސަރުކާރުންނެވެ.