ރައްޔިތުންގެ މަޖިލިސް

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން، ގާނޫނު ނަންބަރު 3/2016 (މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު) އުވާލުމުގެ ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުން
0%
0%
0%

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ނިންމައިފި އެވެ.

ކޮމިޓީގެ މުގައްރަރު އަދި ތުޅާދޫ ދާއިރާ މެމްބަރު ހިސާން ހުސެން ވަނީ މިއަދުގެ ކޮމިޓީގައި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ ވޯޓަށް އައްސަވާފަ އެވެ. ހާޒިރުވެ ތިއްބެވި 13 މެބްބަރުންގެ ތެރެއިން 11 މެމްބަރަކު ވޯޓު ދެއްވެވީ އުވާލުމަށެވެ. ދެ މެމްބަރަކު ވޯޓު ދެއްވެވީ އުވާލުމާއި ދެކޮޅަށެވެ. މެމްބަރުންގެ މެޖޯރިޓީއިން އުވާލަން ވޯޓު ދިނުމުން މިއަދުގެ ކޮމިޓީން ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ފާސްކޮށް ރިޕޯޓް އެކުލަވާފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައެޅީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދެވެ. އޭނާ ވިދާޅުވީ ބިލް ހުށަހަޅުއްވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީން ކުރަމުންދިޔަ މަސައްކަތްތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމާއި ގުޅޭގޮތުން ކޮމިޓީގެ މެމްބަރުން ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އާއި އެޓާނީ ޖެނެރަލް އަދި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ވެސް ބައްދަލު ކޮށްފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ބޭނުންވީ އޮތޯރިޓީ އާއި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާސްޕޯޓް މިނިސްޓްރީ އުވާލާފައިވަނިކޮށް އެ މިނިސްޓްރީން އުފެއްދީ މި ސަރުކާރުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345