ޔޫއެފާ ނޭޝަން ލީގް

ފްރާންސުން ނޭޝަންސް ލީގު ކާމިޔާބު ކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ފްރާންސާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން. ފްރާންސް މޮޅުވީ 2-1 އިން
0%
0%
0%

ސްޕެއިން ބަލިކޮށް ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސުން ކާމިޔާބު ކޮށްފި އެވެ.

އިޓަލީގެ ސެން ސިރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލު މެޗު ފްރާންސުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

ފޯރި ގަދަ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވިއިރު، މެޗުގެ ތިން ގޯލު ވެސް ފެނުނީ ދެވަނަ ހާފުގަ އެވެ.

މި މެޗުގައި ފްރާންސްގެ ތިއޯ ހެނާންޑޭޒް އަރިަމތިން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނިކުތީ ބޭރަށެވެ. ސްޕެއިނުން ގޯލު ޖަހައި ލީޑު އޭގެ އިރުކޮޅެއް ފަހުންނެވެ. މި ގޯލަކީ އޭރިއާ ތެރެއަށް ވަނުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މިކޭލް އޮޔާޒަބަލް ޖެހި ގޯލެކެވެ.

އޭގެ ދެ މިނެޓު ފަހުން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ފޮނުވާލައިގެން ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަރީމް ބެންޒެމާ އެވެ. ފްރާންސުން މެޗުގައި ލީޑު ނެގީ ދެވަނަ ހާފު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. މި ގޯލަކީ އިދިކޮޅު ކީޕަރު ކުރިމަތީގައި ޑްރިބްލް ކޮށްލުމަށްފަހު އެމްބާޕޭ ޖަހައިދިން ވަރަށް ހިތްގައިމު ގޯލެކެވެ.

މި ނަތީޖާ އާއި އެކު ފްރާންސުން ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކުރި އިރު، އެޓީމުން ވަނީ ގިނަ ޒުވާން ކުޅުންތެރިން ތަަކަކަށް ފުރުސަތު ދީފަ އެވެ. އެގޮތުން އެޓީމުގެ ޒުވާން ތަރި ގަވީ ފަހަގަ ކުރެވެ އެވެ. ގަވީ ވަނި އުމުރުން 17 އަހަރާއި 60 ދުވަހުގައި ސްޕެއިންގެ ސީނިއާ ޓީމުގައި އޭނާގެ ފުރަތަމަ ޑިބަޓް ހަދާފަ އެވެ. މިއާއެކު އޭނާއަށް ވަނީ އެންމެ ޅަ އުމުރުގައި ސްޕެއިން ޓީމަށް ކުޅުނު ކުޅުންތެރިޔާގެ ލަގަބު ލިބިފަ އެވެ. އަދި ބާސެލޯނާގެ މެދު ތެރެއިން އޭނާ އަންނަނި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910