ލ. ގަން

ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވާލައިފި

Oct 12, 2021
4

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް މިއަދު އެކުލަވައިލައްވައިފި އެވެ.

މި ބޯޑަކީ ގަން ރީޖަނަލް ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ.

ބޯޑުގައި ހިމެނޭ މެންބަރުން

  • އިބްރާހީމް ޝަރީފް، މުކުރިމަގު، ސޯސަންވިލާ، ލ. ގަން (ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް)
  • ޑރ. މުހައްމަދު އިސްމާއީލް، ދަފްތަރު. ނަންބަރު ރސ 9558 (ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖުރިބާކާރެއް)
  • މުޙައްމަދު ހަމީދު، އަޅިވިލާގެ، ލ. ފޮނަދޫ (އާންމުންގެ ތެރެއިން އައްޔަންކުރެވުނު މެންބަރެއް)
  • އިސްމާއީލް އަލީ، ތުނޑި، ބިނާ، ލ. ގަން (ސިޓީ ކައުންސިލްގެ މެންބަރެއް)
  • މުހައްމަދު ޝިޔާމް، ތުނޑި، ފިތުރޯނުމާގެ، ލ. ގަން (ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުރި އިސްވެރިޔާ)

ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ވަނީ އިބްރާހީމް ޝަރީފެވެ.