ގދ. ތިނަދޫ

ތިނަދޫ ޑރ. ސަމަދު ހޮސްޕިޓަލްގެ ބޯޑު އެކުލަވާލައިފި

Mar 1, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، "ޑޮކްޓާ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ގަވާނިން ބޯޑް" މިއަދު އެކުލަވާލައިފި އެވެ.

މި ބޯޑަކީ އެ ހޮސްޕިޓަލްގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ.

ބޯޑުގައި ހިމެނޭ ބޭފުޅުން

  • ޑރ. ލަވްޝާ މުޙައްމަދު، ކާއިނާތު، ގދ.ތިނަދޫ (ޢާންމުންގެ ތެރެއިން ޢައްޔަންކުރެވޭ މެންބަރެއް)
  • ޑރ. އަބްދުﷲ އުބައިދު، ދަފްތަރު. ނަންބަރު ރސ 6099 (ޑޮކްޓަރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖުރިބާކާރެއް)
  • ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް
  • މަރިޔަމް ނާޒްނީން، ހ. ބަޑިދޫގެ (މިނިސްޓްރީ އޮފް ހެލްތް ތަމްސީލުކުރާ މެންބަރެއް)
  • ޖީޒާ ހަސަން، ނީލުގެ، ގދ. ތިނަދޫ (ސަރަޙައްދުގެ ޕަބްލިކް ހެލްތް ދާއިރާގެ މެންބަރެއް)
  • ސައުދު އަލީ، އަބުހަރީއާގެ، ގދ. ތިނަދޫ (އަތޮޅު ކައުންސިލްގެ މެންބަރެއް)
  • ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ

ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ވަނީ ޑރ. ލަވްޝާ މުހައްމަދެވެ.

ރައީސް ސޯލިހް މީގެކުރިން ވަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑުވެސް އެކުލަވާލާފަ އެވެ.