ގައުމީ ފުޓްބޯޅް ޓީމް

ކެޕްޓަން އެދެނީ ގައުމީ ޓީމަށް ހެޔޮ ދުއާ ކޮށްދިނުމަށް

Oct 12, 2021
ދިވެހި ކެޕްޓަން އަކްރަމް އަބްދުލްޣަނީ
0%
0%
0%

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގައި ކާމިޔާބު ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަަށާ ގައުމީ ޓީމުގެ އެދުމަކީ ދިވެހިންގެ ހެޔޮ ދުއާ ލިބުން ކަމަށް ދިވެހި ކެޕްޓަން އަކްރަމް އަބްދުލްޣަނީ ބުނެފި އެވެ.

ރާއްޖެ-އިންޑިއާ މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އަކްރަމް ބުނީ ދިވެހިންގެ ހެޔޮ ދުއާއިން މާދަމާ ރޭގެ މެޗުން މޮޅުވާނެ ކަމަށެވެ. އަދި ގައުމީ ޓީމަށް ދެމުންދާ ވަރުގަދަ ސަޕޯޓް އެ ގޮތުގައި ކޮށް ދިނުމަށެވެ.

ގައުމީ ކޯޗް އަލީ ސުޒޭން ބުނީ ޓީމު އޮތީ އިތުބާރާއެކު ކަމަށެވެ. އަދި އިންޑިއާ ބަލި ކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ. އިންޑިއާ ބަލި ކުރާ ޓީމަކަށް ޗެންޕިއަންކަން ހޯދޭނެ ކަމަށްވެސް ކޯޗު ބުންޏެވެ.

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރޭ 9:00 ޖަހާއިރު ގަލޮޅު ރަސްމީ ސްޓޭޑިއަމްގަ އެވެ. މިއީ މުބާރާތުގެ ލީގު ބުރުގައި ކުޅޭނެ އެންމެ ފަހު މެޗެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345