ސާފް ޗެމްޕިއަންޝިޕް

ޓީމުގެ ކުޅުމާއި މެދު ފަހުރުވެރިވަން: ރައީސް

ރާއްޖެ ކުޅުނު މެޗެއްގައި ރައީސް ސޯލިހު ޓީމަށް ތަރުހީބު ދެއްވަނީ: މި މުބާރާތުގައި ރާއްޖެ ކުޅުނު ހުރިހާ މެޗަކަށް ރައީސް ވަޑައިގެންނެވި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ޓީމުން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ޓްވީޓެއް ކުރައްވާ ވިދާޅުވީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ޓީމުން ދެއްކި މޮޅު ކުޅުމާއި މެދު ފަހުރުވެރިވާ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ނުކުރެވުނު ނަމަވެސް ޓީމުން ދަނޑު މަތީގަ އާއި ދަނޑުން ބޭރުގައި ކުރި ހިތްވަރަށް ޝުކުރާއި ތައުރީފު ހައްގުވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ދިވެހި ޓީމުން އިތުރު ކުރިއެރުން ތަކެއް ހޯދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅުމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ވެސް ވަނީ ތައުރީފު ކޮށްފަ އެވެ. ސްޓިމަކް ބުނީ ރާއްޖޭގެ ކުޅުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑުތަން ރަނގަޅު ކޮށްފައިވާ ކަމަށެވެ. ރާއްޖެ ޓީމުން ކުޅޭ ރީތި ޕާސިން ގޭމުން އެކަން ވަރަށް ރަނގަޅަށް ފެންނަކަން ފާހަގަ ކުރަމުން ސްޓިމަކް ބުނީ ރާއްޖެއިން މިދިޔަ ދެ އަހަރު އެއްވެސް ވަގުތެއް ބޭކާރު ނުކޮށް ފުޓްބޯޅަ ކުރިއަރުވަން ގިނަ މަސައްކަތް ތަކެއް ކުރި ކަމަށެވެ.

ރައީސް ސޯލިހު ވަނީ މި މުބާރާތުގައި ރާއްޖެ ކުޅުނު ހުރިހާ މެޗެއް ބައްލަވާލެއްވުމަށް ގައުމީ ސްޓޭޑިއަމްއަށް ވަޑައިގަންނަވާފަ އެވެ. އަދި ގައުމީ ޖާޒީގައި ޓީމު ކުޅުންތެރިންނަށް ހިތްވަރު ދެއްވި އެވެ. ރޭގެ މެޗުގައި ރައީސް ސޯލިހުގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މެޗު ބައްލަވަން ދަނޑަށް ވަޑައިގެންނެވި އެވެ.

ރާއްޖެއިން މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނީ ރޭގެ މެޗުގައި އިންޑިއާ އާއި ބައްދަލުކުރި މެޗުގައި 3-1 ގެ ނަތީޖާ އަކުން ބަލި ވުމުންނެވެ. ރޭގެ މެޗުގައި އިންޑިއާ އަތުން މޮޅު ނުވަތަ އެއްވަރު ވެގެން ވެސް ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ.

މުބާރާތުގެ ފައިނަލުގައި ވާދަ ކުރާނީ ނޭޕާލާއި އިންޑިއާ އެވެ. މި މެޗު އޮންނާނީ މިއަންނަ ހޮނިހިރު ދުވަހުގެރޭ ނުވައެއް ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910