ސާފް ޗެމްޕިއަންޝިޕް

ދަގަނޑޭގެ ގޯލުން ރާއްޖެއަށް މުހިންމު މޮޅެއް

ލަންކާ ކޮޅަށް ގޯލު ޖެހުމަށްފަހު ކުޅުންތެރިން އުފާ ފާޅުކުރަނީ --
60%
20%
20%

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި މެޗުގައި ރާއްޖޭގެ ފުޓްބޯޅަ ލެެޖެންޑް އަލީ އަޝްފާގް ޖެހި ގޯލުން ރާއްޖެއަށް މުހިންމު މޮޅެއް ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު ރާއްޖެއިން ކާމިޔަބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.

ފޯރިގަދަ މި މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި ލަންކާގެ ޑި ސިލްވާ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ޗަނަލަ ޗަމީރާ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް އޭނާ ހުރީ އޮފްސައިޑް ޕޮސިޝަނެއްގަ އެވެ. އޭގެ މިނެޓެއް ފަހުން ރާއްޖޭގެ ހައިޝަމް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަލީ އަޝްފާގް (ދަގޭ) ރާއްޖެއަށް ލީޑު ނަގައިދިނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ދަގޭ އެވެ.

ލަންކާ ކޮޅަށް ގޯލު ޖެހުމަށްފަހު ކުޅުންތެރިން އުފާ ފާޅުކުރަނީ -- ފޮޓޯ: އިމޭޖަސް އެމްވީ

ފުރަތަމަ ގޯލަށް ފަހު ރާއްޖެ ޓީމުން ވަރަށް ހަމަޖެހިގެން ކުޅުނު އިރު ލަންކާ ޓީމު ފެނުނީ ވަރަށް ބޮޑަށް ޕްރެޝަރުގައި ކުޅެމުން ދިޔަ ތަނެވެ. އޭގެ ބޭނުން ހިފައި ރާއްޖެ ޓީމުން ގިނަ އެޓޭކް ތަކެއް ކުރި އެވެ. އެގޮތުން ލަންކާގެ އޭރިއާ ތެރެއިން ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބާރު ހަމަލާ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށް ދިޔައިރު، ގޯލުގެ ހަނި އޭންގަލުން ސެންޓޭ ފޮނުވާލި ބާރު ހަމަލާ ދިފާއު ކުރީ ލަންކާގެ ކީޕަރު ސޫޖަން ޕެރޭރާ އެވެ. މެޗު ނިމެނިކޮށް ސެންޓޭ ފޮނުވާލި ހިލެ ޖެހުން ވެސް އަމާޒުވީ ލަންކާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ލަންކާއަށް ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތު ތަކެއް ލިބުނެވެ. އެގޮތުން ރާއްޖޭގެ ކީޕަރު ފައިސަލްއަށް އަނިޔާ ވެގެން ފުރަތަމަ ހާފުގެ 28 ބަދަލުކުރި ފަހުން ލިބުނު ހިލޭޖެހުން ފާހަގަ ކުރެވެ އެވެ. އެކަމަކު ހެމިލްޓަން ފޮނުވާލި އެ ހަމަލާ ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ. 

ދެވަނަ ހާފުގައި ރާއްޖެއަށް ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. އެގޮތުން މަހުދީ ބޮލުން ފޮނުވާލި ހަމަލާ ކީޕަރު ދިފާއު ކުރިއިރު، އަޝްފާގް ފޮނުވާލި ދެ ހަމަލާ ވެސް ދިފާއު ކުރީ ލަންކާގެ ކީޕަރު ސޫޖަން އެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ދެވަނަ ހާފުގައި ލަންކާއަށް ވަރަށް ހުސް ފުރުސަތު ތަކެއް ލިބުނަސް އޭގެ ބޭނުމެއް ނުހިފުނެވެ. ލަންކާގެ ޗަމޮޑް ޑިޝަން އާއި ޗަމޭރާ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު، އިޝާންގެ ދެ ހަމަލާ ވެސް ދިފާއު ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުން ކީޕަރު ޝަފީއު އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކްރައި

ދަގަނޑޭގެ ގޯލުން ރާއްޖެއަށް މުހިންމު މޮޅެއް ލިބިއްޖެނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިރާއްޖޭގެ 30 ހާސް މީހުންގެ ހިތުގެ ވިންދާއި ގުޅިފައިވާ ކަމެކޭ އެއީ ހިޔާ ފްލެޓްސް ތަކުގެ ބޮޑު ކުލި އެކުލި ކުޑަ ކޮށްދޭން ސަރުކާރުގައި އެދުމުން ދަހާކިމާ ކުރި ކަމަކީ އެ 30 ހާސް މީހުންނަށް ބޯންދީ އެކަން ކޮށް ނުދޭނަމޭ އޭ އޭނާ ބުނީ މިވަރުގެ ބަތާހަރާމީ ހަރާމްކޯރު ހާކިމާ އެކޭ މިހާރު މިގައުމުގައި މިހުރީ މިކަމުގައި ގައުމީ ޓީމްގެ ވެސް އެހީތެރި ކަމެއް ނިކަމެތި 30 ހާސް ދިވެހިރައްޔިތުންނަށް މިމުބާރާތުގެ ތެރޭން ބޭނުންވެއޭ މިކަމަށް ގައުމީ ޓީމުން އަޑުއުފުލާދޭށޭ މިރާއްޖޭގެ އެއްވެސް ސިޔާސީ ޕާރޓީ އެއް މިކަމެއް ކޮށް ނުދިނޭ ޕީޕީއެމް އިން ވެސް މިކަމަށް އެއްގޮތަކަށް ވެސް މަސައްކަތް ކުރާ ތަނެއް ނުފެނެއޭ މިކަން ގައުމީ ޓީމް އިން ޕެޓިޝަނެއް ރައީސް އިބޫ އަށް ހުށައަޅައިގެން ނަމަވެސް ކޮށްދޭށޭ ޔޫ ކޭން ޗޭންޖް ދަވޯލްޑް ޔޫ ކޭން ޓަޗް ދަ ސްކައި އައި ކާންޓް ޑޫ އިޓް ބައިމައި ސެލްފް އައި އޭން ގޮނާ ނީޑް ޔުއަރ ހެލްޕް އޮން ދިސް...

ބޮޑުނުބައެކޭ

ގައުމީ ޓީމް ކުޅޭ މެޗް ތަކުގެ ޓިކެޓް ތައް ސަރުކާރުގެ ކުންފުނި ތަކަށް ދީގެން އެކުންފުނި ތަކުގެ މުވައްޒަފުންނަށް އެ ޓިކެޓްސް ތައް ދީގެން އެމެން ގަދަ ކަމުން ގަލޮޅު ދަނޑަށް ވައްދަން ކައްޕަޅި ފެނަކަ އަދި އެސްޓީއޯ އަދި ސްޓެލްކޯ އަދި އެމްޕީއެލް އަދި އެމްއޭސީއެލް އިން މަސައްކަތް ކުރި ކަން ދަނީ ފަޅާ އަރަމުންނޭ އެއީ އެއްނޫނޭ އެކަން ކުރަން ޖެހޭނެ ގޮތަކީ ޓިކެޓް ގަންނަން ބޭނުންވާ ކޮންމެ ދިވެއްސަކަށް އައިޑީ ކާރޑް ނަމްބަރު ޖެހުމުން އެއް ޓިކެޓްލިބޭ ގޮތް ހަދަންވީއޭ މިއަދުވެސް މެޗް ބަލަން ތިބެފައި މަމެން ފޯނެއް އައިސްގެން ދަނޑުން ބޭރަށް ނިކުތްއިރު ގަލޮޅު ދަނޑުގެ އިރު އުތުރު ކަންމަތީގައި އެތިބީއޭ ބްލެކް ގައި ބޮޑު އަގުގައި ޓިކެޓް ވިއްކަން މީ ކައްޕަޅި ފެނަކައިގައި އުޅޭ އެހެލާން ތެހެލާނެއްގެ ތިމާގެ މީހެކޭ މަމެން ނަށް އޭނާގެ ޑައިލޮގް އަޑުއިވިފައި ވަގުތުން އެނގިއްޖެއޭ އެއީ ކާކުކަން މި ފަދަ ވައްކަން ނުކުރާށޭ ގައުމީ ޓީމްގެ ކުޅޭ ފުޓްބޯޅަ މުބާރާތުގެ ޓިކެޓް ވިއްކުމުގައި ބްލެކް ގައި ޓިކެޓް ނުވިއްކާށޭ އެއީ

ހީލަތްހެދިނަމަވެސް

ދަގަނޑޭގެ ގޯލުން ރާއްޖެއަށް މުހިންމު މޮޅެއް ލިބިއްޖެނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިއަދު މިރާއްޖޭގެ ރައްޔިތުން ގައުމީ ޓީމަށް ލޯބި ކުރަނީ އެއީ މިގައުމު ދެކެވާ ލޯތްބަކުންނޭ އެއީ ސަރުކާރު ދެކެ ވާ ލޯތްބަކުން ނޫނޭ މިކަމުގައިވެސް ސަރުކާރު ވަނީ ވަރަށް ބޮޑު ނުބައެއް ހަދާފައޭ ސަރުކާރުގެ ކުންފުނި ތަކަށް އެތައް ހާސް ޓިކެޓެއް ދީގެން ސަރުކާރުގެ ކުންފުނި ތަކުގެ މުވައްޒަފުންނަށް މަޖްބޫރު ކޮށްގެން އެމެން ގަލޮޅު ދަނޑަށް ވެއްދުމޭ އެއީ އެކަން ކުރަން ޖެހޭ ގޮތެއް ނޫނޭ ކޮންމެ ކަމެއްގައި ވެސް މިސަރުކާރުން ކަން ކުރަނީ ވައްކަމާއި ފަސާދަ އާއި ބައިބައި ވުމާއި ފިތުނަ ފަސާދަ ގައުމުގައި ފެތުރޭ ގޮތަށޭ މިކުޅެނީ ދިވެހި ގައުމީ ޓީމޭ މިކަމުގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާއި ބައިބައި ކުރުމާއި ފިތުނަ ފަސާދަ އުފައްދަން ސަރުކާރުން މަސައްކަތް ކުރާނަމަ މިތަށި ނުލިބުމަކީ އެއީ ގާތް ކަމެކޭ ގުދުރަތުގެ ނިޔާ އެއީ މާބޮޑަށް ބާރުގަދަ ނިޔާ އެކޭ އެފަރާތަށް ސަރުކާރަށް އޮޅުވާނުލެވޭނެއޭ އާންމު ރައްޔިތުންނަށް އޮޅުވާލާ މަކަރާއި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345