އެޗްއާރްސީއެމް

އެޗްއާރުސީއެމްގެ މައްސަލަ އޮއްބާލައިފި

އެޗްއާރްސީއެމްގެ އިސްވެރިންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވިތާ އެތައް މަހެއްވެ އެ މައްސަލަ އޮބިފައި ވަނިކޮށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ވެސް އެ މައްސަލަ ބަލައި ނުގަނެ ބޭރު ކޮށްލައިފި އެވެ.

އެޗްއާރުސީއެމްގެ މަސައްކަތްތައް ބޮއްސުންލައި ކޮމިޝަންގެ އިދާރާގެ މާހައުލުގައި ފުރައްސާރުން އިންތިހާއަށް ގޮސްފައިވާ ކަމަށް ބުނެ އެ ކޮމިޝަންގެ ގިނަ މުވައްޒަފުންތަކެއް ހިމެނޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށާއި އޭސީސީއަށް ޝަކުވާގެ ސިޓީއެއް މިއަހަރުގެ ފެބްރުއަރީ މަހު އޮތީ ފޮނުވައިފަ އެވެ. އެ މައްސަލަ މަޖިލީހާއި މިދިޔަ އޭޕްރީލް މަހު ރައީސް އޮފީހަށް ފޮނުވި ކަމަށް ބުނި ނަމަވެސް އެ މައްސަލަ މަޖިލީހުގައި ބަލާފައެއް ނުވެއެވެ.

އެޗްއާރުސީއެމްގެ އިސްވެރިންގެ މައްސަލަ މަޖިލީހަށް އަލުން ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. ނަމަވެސް އެ މައްސަލަ ބަލައިގަންނަން މަޖިލީހުގައި މިއަދު ފާހެއް ނުވި އެވެ. އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ ހަަތަރު މެމްބަރުން ނެވެ. ނުފެންނަކަމަށް 36 މެމްބަރުން ވޯޓު ދެއްވި އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފު ވިދާޅުވީ އެޗްއާރުސީއެމްގެ ބައެއް މެން ބަރުންނާއި ބައެއް އިސްވެރިން އެ މުއްސަސާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ ބިރުދައްކައި މަސައްކަތުގެ މާހައުލު ބިރުވެރިކަމުގެ ތެރެއަށް ވެއްޓާލައިފައިވާ ކަމަށެވެ.

އެގޮތުން މުވައްޒަފުންނަށް ކުރިމަތުވަމުންދާ 84 މައްސަލައެއް ފާހަގަ ކުރެވި މިކަންކަމުގެ ހިތްހަމަނުޖެހުން މުވައްޒަފުން
ފާޅުކުރަން ފެށުމުން މުވައްޒަފުންނަށް ކުރިއަށްވުރެ ވެސް ބޮޑަށް އިހާނެތިކޮށް ހިތުމާއި ބްލީ ކުރުމާއި ފުރައްސާރަ ކުރުން
އިތުރުވުމުން އެތައް މުވައްޒަފުންނެއް ކެނޑިގެން ގޮސްފައިވާ ކަމަށެވެ.