ދިރާގު

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްގެ ޕްރޮމޯޝަން އިތުރުކޮށްފި

Oct 13, 2021

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ހުރިހާ ޕެކޭޖަކުން އިތުރު ހަރަދަކާ ނުލައި ތިން ގުނައާ ހަމައަށް އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފި އެވެ.

ދިރާގުން މި ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ޕެކޭޖްތަކުގެ ތެރޭގައި މަހަކު 299ރ. އާއި 2999ރ. އާ ދެމެދުގެ ޕެކޭޖްތައް ހިމެނެ އެވެ. އަދި މި ކޮންމެ ޕެކޭޖެއްގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހެވެ.

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްގެ ޕެކޭޖްތައް އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ ޕެކޭޖްގެ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ފޮނުވުމުން ވެސް އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ.