އުތުރު ތިލަފަޅުގެ އެއްބަސްވުން މަޖިލީހުގެ އިދާރާއަށް ދިނުމަށް ޑިޕެންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ
މަޖިލީހުގެ އިދާރާގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ޔޫޓީއެފްގެ އެއްބަސްވުމުގެ މައްސަކަ ބަަލަމުންދަނީ ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީއިން ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ޔޫޓީއެފްގެ އެގްރީމެންޓް ހިއްސާ ކުރުމަށް ޑިޕެންސް މިނިސްޓްރީގައި މަޖިލީހުގެ އިދާރާއިން އެދިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޔޫޓީއެފްގެ އެގްރީމެންޓްގެ ކޮޕީ ލިބުނު މަޖިލީހުގެ 241 ކޮމިޓީން ދިރާސާ ކުރާނެ ކަމަށާއި އަދި އެކަމާއި ގުޅޭ ރިޕޯޓް ނެރި މަޖިލީހުގެ ތަޅުމށް ހުށަހަޅާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ މި ޒަމާނުގައިވެސް ބަރު ހަތިޔާރާއެކުގައި ގައުމަށް ހިފުމަތް ޓެރަރިސްޓު ޖަމާއަތަކުން މަސައްކަތް ނުކުރާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. ރާއްޖެއަށް ބަޔަކު ހިފަން އައިސްފިނަމަ މި ގައުމުގައި ހުރީ ކިހާ ބަރު ހަތިޔާރެއްތޯ އެއީ ކުރަން ޖެހޭ ސުވާލެއް ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ގައުމަކުން ވެސް މަސައްކަތް ކުރަނީ ޓެރަރިސްޓު ޖަމާއަތަކުން ގައުމަކާ ދިމާ ނުކުރުމަށް ކަމަށް.އެވަނަ މަސައްކަތަކީ ގައުމުގެ ސަލާމަތީ ފިޔަވަޅު ވަރުގަދަކުރުން. އަދި ދެވަނަ މަސައްކަތަކީ ޓެރަރިސްޓު ޖަމާއަތަކުން ގައުމު ހިފިފާނެތީ އެހެންގައުމުތަކާއި ސަލާމަތްތެރިކޮށް ހޯދައިދޭނެ އެއްބަސްވުމެއް ހެދުން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ނޮވެންބަރު ތިނެއްގެ ހާދިސާއަށް ފަހު ރައީސް މައުމޫން ދެ އަހަރު ވަންދެން ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބި ކަމަށެވެ. ރާއްޖޭގައި އެހެންގައުމެއްގެ ސިފައިން ބޭތިއްބުމާއި ރާއްޖޭގެ ދިފާއީ ކަންކަނ އިންތިޒާމް ކުރުމަކީ ސިޔާސީ ފޮއިޓް ހޯދަން ދައްކަން ރަނގަޅު ވާހަކައެއް ނޫން ކަމަށް ވިދާޅުވި އެވެ.