ރާއްޖެ ކުޅިވަރު

މާޒިޔާ އަށް ބިދޭސީ ދެ މިޑްފީލްޑަރުން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ފާއިތުވި ދެ ސީޒަންގައި ވެސް ކުޅުނު ބަލްގޭރިއާގެ ޑިފެންޑަރު ޒިވްކޯ ޓޮޑަރޯފްއާއެކު، އިތުރު ބިދޭސީ ދެ ކުޅުންތެރިން އިއްޔެ އެ ކްލަބާ ގުޅިއްޖެ އެވެ.

މާޒިޔާއާ އަލަށް ގުޅުނީ ޖަޕާންގެ މިޑްފީލްޑަރަކާއި ބްރެޒިލްގެ މިޑްފީލްޑަރެކެވެ. މާޒިޔާއާ ގުޅުނު ޖަޕާންގެ މިޑްފީލްޑަރު ޓޮޝީއާ ހޮސޯއޭ ،23، އަކީ ކުރިން ފިލިޕީންސް ލީގުގައި ކުޅުނު ކުޅުންތެރިއެކެވެ. ޓޮޝީއާ އަކީ މިޑްފީލްޑާއި ޑިފެންސަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.

މާޒިޔާއާ ގުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ސިލާސް ޖޫނިއޯ ،33، އަކީ ބްރެޒިލްގައި ގިނަ ތަޖުރިބާތަކެއް ހޯދައިފައިވާ ކުޅުންތެރިއެކެވެ.

އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން ވަނީ ކުރިއަށް އޮތް  ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފަށައިފަ އެވެ. މި މަހުގެ 22 ވަނަ ދުވަހު ފަށާ ޕޮމިސް ކަޕްގައި މާޒިޔާ ވާދަކުރާނެ އެވެ.

އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން މި ސީޒަނަށް ވެސް ކުރިމަތިލާ މާޒިޔާ އިން ވަނީ ޓީމު ވަރުގަކުރުމުގެ ގޮތުން މާޒިޔާ އިން ވަނީ ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި އީގަލްސްގެ އަހުމަދު އިމާޒް (އާއްކޮ) އާއި މަހިބަދޫގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އެ ޓީމަށް ގެނެސްފަ އެވެ. މީގެ އިތުރުން މާޒިޔާގެ މުހިންމު ގިނަ ކުޅުންތެރިން ވަނީ ކޮންޓުރެކްޓް އާކޮށްފަ އެވެ.