ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 15 ރަށެއް

ކޮވިޑް ބަލި ފެނި، ފެތުރެމުން ދާތީ އެޗްޕީއޭއިން މޮނިޓަރިންއަށް ގެންގޮސްފައިވާ ރަށްތަކުގެ އަދަދު 15 އަށް ބަދަލު ވެއްޖެ އެވެ.

އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށުގެ ގޮތުގައި މިހާރު އޮތީ އޮގަސްޓު މަހު 28 ވަނަ ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން މިދިޔަ މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ ހަތަރަކަށް ދަށްވެފަ އެވެ. މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ، ގއ. ގެމަނަފުށި، ތ. ދިޔަމިގިލި، ފ. ނިލަންދޫ އަދި ނ. ވެލިދޫ އެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ މިހާތަނަށް ހަ ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ލ. ފޮނަދޫ، ދ. މާއެނބޫދޫ، ލ. ގަން، ނ. ޅޮހި، ށ. ފީވަށް އަދި އިއްޔެ ބަންދުކުރި ބ. ތުޅާދޫ އެވެ.

ރާއްޖެއިން އިއްޔެ 106 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 78 އެވެ.