ދިރާގު

ދިރާގުގެ މޮބައިލްގެ ހިދުމަތްތަކަށް ބުރޫއަރައިފި

ދިރާގުގެ މޮބައިލް ހިދުމަތް ތަކަށް ބުރޫ އަރައިފި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ މޮބައިލް ކަސްޓަމަރުންނަށް ފޯން ކޯލު ކުރުމާއި އެސްއެމްއެސް އަދި މޮބައިލް އިންޓަނެޓްގެ ހިދުމަތް ލިބުމުގައި މައްސަލަ ތަކެއް ދިމާވެފައިވާކަން ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ދިރާގުން ބުނެފައިވެ އެވެ. އަދި ކަސްޓަމަރުންނަށް ދިމާވި މައްސަލަތަކާ ގުޅިގެން ނިހާޔަތަށް މާފަށް އެދޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ދިރާގަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވަންދެން މުވާސަލަތީ ހިދުމަތް ދެމުންގެންދާ ކުންފުންޏެވެ. އަދި ރާއް ޖެއަށް އެންމެ ފުރަތަމަ މޮބައިލްގެ ހިދުމަތް ތައާރަފްކުރީ ވެސް ދިރާގުން ނެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް 4ޖީގެ އިތުރުން ބައެއް ސަރަހައްދުތަކަށް 5ޖީގެ ހިދުމަތް ވެސް ދެމުންނެވެ.