ދަނޑުވެރިކަން

ދަނޑުވެރިކަން ފުޅާކުރަން ހުރި ދަތިތައް ހޯދަން ފޯރަމެއް

Oct 15, 2021
1

ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުމަށް ހުރި ދަތިތައް ދެނެގަތުމުގެ ގޮތުން ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓްރީން ފޯރަމެއް ބާއްވައިފި އެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ތ. ކަނޑޫދޫގައި ކުރިޔަށްދާ ހަރަކާތްތަކުގެ ތެރޭން އެރަށުގައި ކުރިޔަށް ގެންދެވުނު މި ފޯރަމް ރަސްމީކޮށް ފައްޓަވައިދެއްވީ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

މި ފޯރަމްގައި މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިކަން ފުޅާކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރުމެވެ.

މި ފޯރަމްގައި ބައިވެރިވި ދަނޑުވެރިން ވަނީ ރާއްޖޭގައި ދަނޑިވެރިކަން ކުރުމުގައި ހުރި ގޮންޖެހުންތަށް ހުށައަޅާފަ އެވެ. މި ފޯރަމްގައި ދަނޑުވެރިން ފާހަގަކުރި މައިގަނޑު ކަންކަމުގެ ތެރޭގައި އާބަން ގާޑަނިން އަށް އިސްކަންދިނުން ފަދަ ގިނަ ކަންކަން ހިމެނެ އެވެ.