ގައުމީ ފުޓްބޯޅް ޓީމް

ފޯނޭޝަނަސް ކަޕްގެ ފުރަތަމަ މެޗު ރާއްޖެއާ ލަންކާ

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
0%
0%
0%

ލަންކާގައި ބާއްވާ ފޯނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ލަންކާ އާއި ރާއްޖެ ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިއަންނަ މަހުގެ އަށް ވަނަ ދުވަހުގެ ރޭ ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން 11 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ 14 ވަނަ ދުވަހެވެ. އަދި ފައިނަލަށް ދަތުރު ކޮށްފި ނަމަ އެ މެޗު ކުޅެން ޖެހޭނީ 17 ވަނަ ދުވަހު އެވެ. މި މުބާރާތް ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށް ލަންކާގަ އެވެ.

ލަންކާއިން ބާއްވާ ފޯނޭޝަންސް ކަޕްގައި ބައިވެރިވާނީ ހަތަރު ޓީމެކެވެ. މިފަހަރުގެ މުބާރާތުގައި ވާދަ ކުރާނީ ލަންކާ، ރާއްޖެ، ބަންގްލަދޭޝް އަދި ސީޝެލްސް އެވެ.

މިހާރު ރާއްޖޭގައި ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރުތަމަ މެޗުގައި ނޭޕާލް އަތުން 1-0 އިން ބަލި ވިއިރު، ދެވަނަ މެޗު ރާއްޖެއިން ކާމިޔާބު ކުރީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްގެންނެވެ. ތިން ވަނަ މެޗުން ރާއްޖެ މޮޅުވީ 1-0 ގެ ނަތީޖާ އަކުން ލަންކާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރާއްޖެ މުބާރާތުން ކެޓީ ލީގު ބުރުގެ ފަހު މެޗުގައި އިންޑިއާ އަތުން 3-1 އިން ބަލި ވުމުންނެވެ. މި މެޗުން އެއްވަރު ކޮށްގެން ވެސް ރާއްޖެއަށް ފައިނަލަށް ދެވެން އޮތެވެ.

ރާއްޖޭގެ އަމާޒަކީ 2023 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށް ވާއިރު އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތައް އޮންނާނީ މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.

މިއަންނަ މަހު ފަށާ މުބާރާތުން ކުޅުންތެރިންނަށް ރަނގަޅު އިންޓަނޭޝަނަލް މެޗު ތަކެއްގެ ތަޖުރިބާ ލިބޭނެ އެވެ. އަދި މި މުބާރާތް ކުޅެގެން ފީފާ ރޭންކިންގައި މައްޗަށް ޖެހިލުމުގެ ފުރުސަތު ވެސް ރާއްޖެއަށް އޮންނާނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345