އަޖޭ ދޭވްގަން

އަޖޭ ރާއްޖޭގައި ނެގި ޝޯ މިމަހުގެ 22 ގައި ދައްކަނީ

ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަންއާއެކު ރާއްޖޭގައި ޝޫޓް ކުރި "އިން ޓް ދަ ވައިލްޑް" ގެ އެޕިސޯޑް މި މަހުގެ 22 ވަަނަ ދުވަހު ޕްރިމިއާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ޑިސްކަވަރީ ޗެނަލްގެ ރިއަލިޓީ ޝޯ "އިން ޓު ދަ ވައިލްޑް" ގެ އެޕިސޯޑް ރާއްޖޭގައި ޝޫޓްކުރީ ވ. އަތޮޅުގަ އެވެ. އެގޮތުން އެ އަތޮޅުގެ މަޝްހޫރު "ޝިޕްރެކް" ސަރަހައްދުގަައި ވެސް ބައެއް މަންޒަރުތައް ނަގާފައި ވެއެވެ.

އެ އެޕިސޯޑް މި މަހުގެ 22 ވަނަ ދުވަހު ޑިސްކަވަރީ އެޕްއިން ޕްރިމިއާކުރާ އިރު ޑިސްކަވަރީ ޗެނަލްއިން ވެސް އެ އެޕިސޯޑް މިމަހުގެ 25 ވަނަ ދުވަހު ދައްކާނެ އެވެ.

އެ ޝޯއަކީ މީހުން ނޫޅޭ ވަލު ޖަންގަލި ފަދަަ ތަންތަނުގަައި ސަލާމަތް ވުމަށް ކުރެވިދާނެ ކަންކަން ދައްކުވައިދޭ ޝޯއެކެވެ. ރާއްޖޭގައި ނެގި އެޕިސޯޑުުގެ ޓްރެއިލާ އާންމު ކޮށްފައިވާ އިރު އަޖޭ ކަނދު ފައްޗަކަަށް އަަރައިގެން ކަނޑުމަތީ އުޅޭތަން ފެނިގެން ދެއެވެ.

"އިން ޓް ދަ ވައިލްޑް" ގެ ހޯސްޓާއެކު މީގެ ކުރިން ވެސް ބޮޮލީވުޑްގެ މަޝްހޫރު ތަރިން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރު އަދި ރަޖްނީކާންތު ވެސް ބެއާ ގްރިލްސް ހިމެނެ އެވެ.