ބޮލީވުޑް

ތާބޫ އާއި އަޖޭގެ ނުވަވަނަ ފިލްމްގެ ޝޫޓިން ނިންމާލައިފި

ތާބޫ އާއި އަޖޭ ދޭވްގަން އަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގިނަ ފިލްމްތަކެއް އެއްކޮށް ކުޅެފައިވާ ދެ ތަރިންނެވެ.

މިގޮތުން މި ދެ ތަރިން އެއްކޮށް ކުޅޭ ނުވަވަނަ ފިލްމް "ބޯލާ"ގެ ޝޫޓިން ނިންމާލައިފި ކަމަށް ތާބޫ ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

އަޖޭ ޑައިރެކްޓް ކުރާ "ބޯލާ"ގައި ތާބޫ އަދާކުރަނީ މަތީ ދަރަޖައިގެ ޕޮލިހެއްގެ ރޯލެވެ.

ތާބޫ އެކްޝަން ސީންތަކެއް ކުޅެފައިވާ މި ފިލްމްގައި ދައްކައިދޭނީ ޖަލުން ނިކުންނަ މީހަކު ފުރަތަމަ ފަހަރަށް އޭނާގެ ދަރިފުޅާ ބައްދަލުކުރަން އުޅުމުގެ ތެރޭގައި ޑްރަގް ގޭންގަކާއި ޕޮލިހާ ދެމެދު ތާށިވެފައިވާ މީހެއްގެ ވާހަކަ އެވެ.

މިއީ އަޖޭ ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. އަޖޭ އެންމެ ފަހުން ޑައިރެކްޓް ކޮށްފައިވަނީ "ރަންވޭ 34" އެވެ.

މި ފިލްމު ބެލި ވަރަށް ގިނަ ބަޔަކު އަޖޭގެ ޑައިރެކްޝަނަށް ތައުރީފްކޮށްފައިވެ އެވެ.

"ބޯލާ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް 30 ވަނަ ދުވަހު އެވެ.